ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މަޖިލިސް ކެމްޕޭނަށް ރައީސް ސޯލިހް ބ. އަތޮޅަށް

ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭނަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ އެޑްވައިޒަރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ބ. އަތޮޅަށް ވަޑައިގެންފި އެވެ.

ރައީސް ސޯލިހް ބ. އަތޮޅަށް ވަޑައިގެންނެވީ ކެމްޕޭނަށް ކަމަށް އެމްޑީޕީން ބުނި ނަމަވެސް އެމަނިކުފާނު ވަޑައިގަންނަވާ ރަށްތަކުގެ މައުލޫމާތު ހިއްސާކޮށްފައެއް ނުވެ އެވެ.

ރައީސް ސޯލިހް އަރިހުގައި އެމްޑީޕީން މަޖިލިސް އިންތިހާބަށް ކަނޑައަޅާފައިވާ ތަރުޖަމާން އަދި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސަ ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.

މަޖިލިސް އިންތިހާބުގެ ކެމްޕޭންގައި ރައީސް އަދި ބ. އަތޮޅުގެ އިތުރުން އަދި މިހާތަނަށް ވަޑައިގެންނެވި ޅ. ހިންނަވަރާއި ނައިފަރަށެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ހަ އަންހެން ކެންޑިޑޭޓުންނާއި 84 ފިރިހެން ކެންޑިޑޭޓުންނާ އެކު ޖުމްލަ 90 ކެންޑިޑޭޓުން ވާދަކުރެ އެވެ. މީގެއިތުރުން ފެލިދޫ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވާ އަލީ ޒާހިރަށް ތާއީދު ކުރުމަށްވެސް އެމްޑީޕީން ވަނީ ނިންމާފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު މިހާރު ބޭއްވުމަށް ނިންމާފައިވަނީ އަންނަ މަހުގެ 21 ވަނަ ދުވަހު އެވެ.