ޑރ. މުހައްމަދު މުއިއްޒު

ކުޑަހުވަދޫއަކީ އާބަން ސެންޓަރަކަށް ވާނެ: ރައީސް

ދ. ކުޑަހުވަދޫ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

ދ. ކުޑަހުވަދޫއަކީ ރާއްޖޭގައި ގާއިމުކުރާ ހަތް އާބަން ސެންޓަރުގެ ތެރޭގައި ހިމެނޭ ރަށެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ކުޑަހުވަދޫއަށް މިއަދު ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ވިދާޅުވީ ރާއްޖެ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކުރުމަށްޓަކައި ރާއްޖެ އެކި ޒޯންތަކަށް ބަހާލައިގެން އަދި އެއްފަސްކުރުމުގެ ސިޔާސަތެއްގެ ދަށުން ތަރައްގީކުރުން މުހިއްމު ކަމަށެވެ.

ރައީސް މުއިއްޒު ވަނީ ރާއްޖޭގެ އެންމެ އުތުރުގެ ހަތަރު އަތޮޅާއި އަދި އެންމެ ދެކުނުގެ ހަތަރު އަތޮޅަކީ ޑިވެލޮޕްމަންޓް ޒޯނެއްގެ ގޮތުގައި ތަރައްގީކުރެވިގެންދާނެ ކަމުގައި ވިދާޅުވެފަ އެވެ. އަދި މާލެ ސިޓީ ނުހިމަނައި އެހެން ސަރަހައްދުތަކުން އިތުރު ހަތް އާބަން ސެންޓަރެއް އެންމެ މަތީ ފެންވަރުގެ ހިދުމަތްތަކާއެކު ތަރައްގީ ކުރައްވާނެކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ ކުޑަހުވަދޫއަކީވެސް އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީ ކުރާއިރު ކައުންސިލުން ފާހަގަކުރެއްވި ހުރިހާ ކަމެއްވެސް ފުރިހަމަވެގެންދާނެ ކަމަށެވެ. އެގޮތުން ބަނދަރުވެސް ބޮޑުކޮށް ރަނގަޅު ފެންވަރެއްގައި ތަރައްގީކުރުމާއި ކޮމާޝަލް ހާބަރެއް ތަރައްގީކުރުމާއި ހޮސްޕިޓަލްގެ ހިދުމަތްތައް އިތުރުކޮށް ފެންވަރު މަތިކުރުމާއި ހޮސްޕިޓަލްގެ އާ އިމާރާތެއް އެޅުމާއި މަލްޓި ސްޕޯޓްސް ކޮމްޕްލެކްސްއެއް ގާއިމުކުރުމާއި އަދި އެނޫންވެސް އާބަން ސެންޓަރެއްގައި ހުންނަންޖެހޭ ހުރިހާ ކަމެއް ގާއިމުކުރެވޭނެ ކަމުގައި ވިދާޅުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910