ޑރ. މުހައްމަދު މުއިއްޒު

ކައުންސިލްތަކަށް ދަތިކޮށް ފިޔަވަޅު އަޅައިގެން ނުވާނެ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އެލްޖީއޭގެ ސީއީއޯ ޑރ. މަރިޔަމް ޒުލްފާ މަގާމަށް އައްޔަންކުރައްވާ ލިޔުން ހަވާލުކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

އެއްވެސް ކައުންސިލަކަށް ފިޔަވަޅު އަޅައި ދަތިކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށާއި ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިންވެސް އެގޮތަށް އަމަލުކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.

ރައީސް މިކަމަށް އެދިވަޑައިގެންފައި މިވަނީ ސަރުކާރުގެ ރަސްމީ ދަތުރުފުޅެއްގައި އެމަނިކުފާނު ނ. ކެނދިކުޅުދޫއަށް ވަޑައިގެން ކެމްޕޭން ކުރެއްވި ކަމަށް ބުނެ އެ ރަށު ކައުންސިލުން ނެރުނު ބަޔާނެއް ބާތިލްކުރުމަށް އެލްޖީއޭ އިން އެ ކައުންސިލަށް އަންގާފައި ވަނިކޮށެވެ. ކެނދިކުޅުދޫ ކައުންސިލުން ވަނީ އެ ބަޔާން ބާތިލް ނުކުރުމަށް ނިންމާފަ އެވެ.

ދ. މީދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ މިރޭ ބައްދަލުކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނު ރަށްތަކަށް ވަޑައިގެން ކައުންސިލްތަކާ ބައްދަލުކުރައްވާ އެންމެ ބޮޑު ބޭނުމަކީ ކައުންސިލްތަކާއި ރައްޔިތުން ބޭނުންވާ ނަތީޖާ ނެރުމަށް އެހީތެރިވުން ކަމަށެވެ.

"ކައުންސިލްތަކުން އެދޭ ކަންތައްތަކަކީ ރައްޔިތުންގެ ކިބައިން އެދޭ ކަންތައްތައް. އަޅުގަނޑުމެން ބޭނުންވަނީ ކައުންސިލްތައް ބާރުވެރިކުރުވައިގެން ކުރިއަށް ގެންދަން. ކައުންސިލްތައް މެދުވެރިކޮށްގެން ކަންތައްތައް ކުރަން. ކައުންސިލްތަކުގެ އިމާރާތްތައް ހަދައިދޭން ބޭނުންވަނީވެސް އެހެންވެ. ކައުންސިލްތަކަށް އާމްދަނީ އިތުރުކުރުމަށްޓަކައި ރަށްތައް ފޯރުކޮށްދޭން މިގަސްދު ކުރީވެސް އެހެންވެގެން،" ރައީސް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދ. މީދޫ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

އެމަނިކުފާނު ވިދާޅުވީ ކައުންސިލްތަކަށް ބާރުތައް ދީގެން ނޫނީ ރައްޔިތުންނަށް ފުރިހަމަ ބާރުވެރިކަން ނުލިބޭނެ ކަމަށެވެ. ކައުންސިލްތަކަށް ފިޔަވަޅު އަޅައި، ހުރަސްތައް ކުރިމަތިކޮށް، ދަތިކުރުމަކީ މިސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.

"އެހެންވީމާ އެކަހަލަ އެއްވެސް ކަމެއް ލޯކަލް ގަވަރުމަންޓް އޮތޯރިޓީން ކުރުމަކީ އަޅުގަނޑު ތާއީދުކުރާނެ ކަމެއް ނޫން. އެހެންވީމާ އެކަހަލަ އެއްވެސް ކަމެއް ސަރުކާރުގެ ފަރާތުންނެއް އެއްވެސް ކައުންސިލަކަށް ކުރިމައްޗެއް ނުކުރާނެ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ކައުންސިލްތަކަކީ ފުރިހަމަ މިނިަންކަމާއެކު ރައްޔިތުންގެ ހައްގުގައި ރައްޔިތުންގެ ފަރާތުން މަސައްކަތް ކުރާ ބަޔަކަށްވުމުގެ ފުރިހަމަ ހައިސިއްޔަތު މިސަރުކާރުގައި ލިބިގެންދާނެ ކަމަށެވެ.

"މިއަދާ ހަމައަށްވެސް މިހުރިހާ ކައުންސިލްތަކާ ބައްދަލުކޮށް މިކުރެވޭ މަސައްކަތަކީ ރައްޔިތުންގެ މަންދޫބުން ރައްޔިތުންގެ ފަރާތުން ތިއްބަވާ މަންދޫބުންނަށް ފުރިހަމަ ބާރުވެރިކަން ދިނުމަށްޓަކައި ކުރާ މަސައްކަތްކަން އަޅުގަނޑު ހަމަ ފާހަގަކޮށްލަން،" ރައީސް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދ. މީދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ރައީސްގެ ވާހަކަފުޅުގައި ވަނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް ކުރިމަތިވެފައި ހުރި މައްސަލަތަކާއި ކޮމިޓީތަކުގެ މެންބަރުން ފާހަގަކުރައްވާ މައްސަލަތައް ހައްލުކުރުމަށްޓަކައި މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ. އަދި ނަމެއްގައި މިހާރު އޮތް ކޮމިޓީތަކަށް ހަގީގީ ބާރުވެރިކަން ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަންވެސް ދެއްވެވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345