މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލޭވިއޭޝަން

ދުއްވޭނެ ވެހިކަލްގެ އަދަދު ކަނޑައަޅާ އުސޫލު ނިންމައިފި

މާލޭގައި މަގެއްގައި ބަޔަކު އުޅަނދު ދުއްވަނީ -- ފޮޓޯ: އަވަސް
0%
0%
0%

ކޮންމެ ރަށެއްގައިވެސް ދުއްވޭނެ އެއްގަމު އުނޅަދުގެ އަދަދު ކަނޑައެޅުމުގެ އުސޫލު އެކުލަވާލައި ރައީސް އޮފީހަށް ފޮނުވައިފި އެވެ.

ފަންނީ ބޭފުޅުންނާއި ކަމާ ގުޅޭ އިދާރާތަކުގެ ލަފާ ހޯދައިގެން މި އުސޫލު އެކުލަވާލީ ޓްރާންސްޕޯޓް މިނިސްޓްރީންނެވެ.

އެ މިނިސްޓްރީގެ އޮފިޝަލަކު މިއަދު އަވަަސްއަށް ވިދާޅުވީ އުސޫލު އެކުލަވާލުމަށްފަހު ރައީސް އޮފީހަށް ފޮނުވީ ބަންޑާރަނައިބްގެ ލަފާ ވެސް ހޯދުމަށްފަހު ކަމަށެވެ.

"މިހާރު ދެން އޮންނާނީ އުސޫލު ރަނގަޅުނަމަ ހަމަ ގެޒެޓްކޮށްލުން. އޭރުން މި އުސޫލުގެ ދަށުން ކޮންމެ ރަށެއްގައިވެސް ދުއްވޭނެ ވެހިކަލްގެ އަދަދެއް އޮންނާނީ ކަނޑައެޅިފައި. މިއީ ގޮންޖެހުން ބޮޑު ކަމަކަށްވީ ނަމަވެސް ކުރަންޖެހޭ ކަމެއް. ވަކިން ހާއްސަކޮށް މާލެ ސަރަހައްދަށް އުސޫލު މުހިއްމު،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ރަށެއްގައި ދުއްވޭނެ އުޅަނދުގެ އަދަދާއި އުޅަނދުގެ ދުއްވޭނެ މުއްދަތު މި އުސޫލުގެ ދަށުން ކަނޑައަޅާނީ އެ ރަށެއްގެ ރަށު ކައުންސިލުންނެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނުގައި ކޮންމެ ރަށެއްގައި ދުއްވޭނެ އުޅަނދުގެ އަދަދު ކަނޑައަޅަން ލާޒިމުކޮށްފައިވެ އެވެ. ނަމަވެސް މިއީ މިހާތަނަށް މިކަން ކުރާނެ އުސޫލެއް ނެތުމުން ކައުންސިލްތަކަށް ނުވެ އޮތް ކަމެކެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345