އިސްލާމިކް މިނިސްޓްރީ

މާލެ ސަރަހައްދުގައި 48 މިސްކިތެއްގައި ތަރާވީސް ކުރާނެ

މާލެ ސަރަހައްދުގައި ހިފްޒުކޮށް ތާރާވީސް ނަމާދު ކުރާނެ 20 މިސްކިތެއް ކަނޑައަޅައިފި އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ ހިފްޒު ކުރާ މިސްކިތްތަކާ އެކު ހިފްޒު ނުކޮށް ތާރާވީސް ނަމާދުކުރާ 18 މިސްކިތެއް ވެސް ކަނޑައަޅާފައިވާ ކަމަށެވެ.

ހިފްޒުކޮށް ތަރާވީސްކުރާނީ މާލެއިން 18 މިސްކިތަކާއި ހުޅުމާލެއިން 11 މިސްކިތެއްގެ އިތުރުން ވިލިމާލެއިން އެއް މިސްކިތުގައެވެ. ހިފްޒު ނުކޮށް ތާރާވީސް ކުރާނީ މާލޭގެ 13 މިސްކިތަކާއި ހުޅުމާލެއިން ތިން މިސްކިތެއްގެ އިތުރުން ވިލިމާލެއިން ދެ މިސްކިތެއްގައެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ މާލެ ސަރަހައްދުގައި ތަރާވީސް ކުރުމަށް 32 ދިވެހި ހާފިޒުންނާއި ބިދޭސީ 18 ހާފިޒަކު އުޅޭނެ ކަމަށެވެ. މިއަހަަރު ތަރާވީސް ކުރާ ދިވެހިންގެ ތެރޭގައި އަލަށް ތަމްރީންކޮށް ތަރާވީސް ކުރަން ހުއްދަ ދިން 16 ޒުވާނަކުވެސް ހިމެނެ އެވެ.

އިސްލާމިކް މިނިސްޓްރީން އިތުރަށް މިސްކިތްތަކުގައި އަންހެނުންނަށްވެސް ތަރާވީސް ކުރެވޭ ގޮތަށް އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށެވެ.