އައްޑޫ ސިޓީ

ހިތަދޫގައި ޓޫރިސްޓް ފެސިލިޓީއެއް ތަރައްގީކުރާނެ ބަޔަކު ހޯދަނީ

އައްޑޫ ސިޓީ ހިތަދޫގެ އީދިގަލި ޓޫރިޒަމް ޒޯނުގައި ޓޫރިސްޓް ފެސިލިޓީ ތަރައްގީކުރާނެ ބަޔަކު ހޯދަން އައްޑޫ ސިޓީ ކައުންސިލުން އިއުލާނުކޮށްފި އެވެ.

އީދިގަލި ޓޫރިޒަމް ޒޯނުގައި ފަތުރުވެރިކަމަށް ކަނޑައަޅާފައިވާ 21،007.39 އަކަމީޓަރުގެ ސަރަހައްދުގައި ޓޫރިޒަމް ވަސީލަތްތައް ތަރައްގީކުރުމަށް ޝަރުތު ހަމަވާ ރާއްޖެ އާއި ރާއްޖެއިން ބޭރުގެ އިންވެސްޓަރުންނަށް ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

އެތަނުގައި ސިޓީ ހޮޓާ އަދި ފަތުރުވެރިކަމާ ގުޅުންހުރި ވަސީލަތްތައް ގާއިމުކުރެވޭނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނި ގޮތުގައި މި ސަރަހައްދު ކުއްޔަށް ކުއްޔަށް ދޫކުރެވޭނީ 50 އަހަރުގެ މުއްދަތަށެވެ.

މަޝްރޫއަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑް ގަތުމުގެ ފުރުސަތު ވަނީ މިއަދުން ފެށިގެން މިމަހުގެ 21 ވަނަ ދުވަހުގެ މެންދުރު 12:30 އާ ހަމައަށް ހުޅުވާލާފަ އެވެ.

ބިޑް ހުޅުވުން އޮންނާނީ އަންނަ މަހުގެ 15 ވަނަ ދުވަހު ހެނދުނު 10:00 ގަ އެވެ.