ސަލްޓަންް ޕާކުގައި ހަރުކޮށްފައި ހުރި ބޯޑުތަކަށް ބަޔަކު ގެއްލުން ދީފި އެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ ބޯޑުތަކަށް ބަޔަކު ގެއްލުން ދިނީ ރޭގެ ވަގުތެއްގައި ކަމަށެވެ.
އެކަން ކުރި ބަޔަކު ހޯދުމުގެ މަސައްކަތް ފުލުހުންނާ ގުޅިގެން ކުރަމުންދާ ކަމަށްވެސް ސިޓީ ކައުންސިލުން ބުންޏެވެ.
މާލެ ސިޓީ ކައުންސިލުން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ސަލްޓަން ޕާކްގައި ހަރުކޮށްފައި ހުއްޓާ ނައްޓާލި ބޯޑުތަކުގެ ފޮޓޯވެސް ހިއްސާކޮށްފަ އެވެ. މީގެތެރޭގައި ހުރީ ޕާކުގެ ކުޅޭ ސަރަހައްދުގައި ކުދިންނަށް އިރުޝާދު ދިނުމުގެ ގޮތުން ހަރުކޮށްފައިވާ ބޯޑަކާއި ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ހަރުކޮށްފައިވާ ބޯޑެކެވެ.
ސަލްޓަން ޕާކަކީ އަދި އެ ސަރަހައްދަކީ ގިނަ އަދަދަކަށް ސީސީޓީވީ ކެމަރާ ހުންނަ ތަނެކެވެ. ނަމަވެސް މައްސަލައިގެ ތުހުމަތުގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.