ރިޒާވް

ރަސްމީ ރިޒާވް ފެބްރުއަރީ މަހު އިތުރުވެއްޖެ

މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ -- ފޮޓޯ: އަވަސް
100%
0%
0%

ރާއްޖޭގެ ރަސްމީ ރިޒާވް މިއަހަރުގެ ޖެނުއަރީ މަހާއި އަޅާބަލާއިރު ފެބްރުއަރީ މަހު އިތުރުވެއްޖެ އެވެ.

މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ޖެނުއަރީ މަސް ނިމުނުއިރު ރަސްމީ ރިޒާވްގައި ހުރީ 551.1 މިލިއަން ޑޮލަރެވެ.

އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ފެބްރުއަރީ މަސް ނިމުނުއިރު ރަސްމީ ރިޒާވްގައި ހުރީ 588.8 މިލިއަން ޑޮލަރެވެ.

ރަސްމީ ރިޒާވްގެ އިތުރުން ޔޫޒަބަލް ރިޒާވްވެސް ވަނީ ޖެނުއަރީ މަހާއި އަޅާބަލާއިރު ފެބްރުއަރީ މަހު އިތުރުވެފަ އެވެ.

ކުރު މުއްދަތުގެ ދަރަނި އުނިކުރުމުން ފެބްރުއަރީ މަސް ނިމުނުއިރު ޔޫޒަބަލް ރިޒާވްގައި ހުރީ 128.8 މިލިއަން ޑޮލަރެވެ. ޖެނުއަރީ މަސް ނިމުނުއިރު ޔޫޒަބަލް ރިޒާވްގެ ގޮތުގައި ހުރީ 109.7 މިލިއަން ޑޮލަރެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910