ޑރ. މުހައްމަދު މުއިއްޒު

އާއްމުން އުކާލާ ކުނިން ނަގާ ފީ އަނެއްކާވެސް ކުޑަކުރަނީ

ރޭ ބޭއްވި ކެމްޕޭން ހަރަކާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ޕީޕީއެމް
0%
0%
0%

މާލެ ސަރަހައްދުގައި ހުންނަ ވެމްކޯގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަންތަކަށް އާއްމުން ގެންދާ ކުނި ޓަނަކަށް ނަގާ ފީ 500 ރުފިޔާއަށް ކުޑަކުރުމަށް ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭގައި ރޭ ބޭއްވި ކެމްޕޭން ހަރަކާތެއްގައި ރައީސް މުއިއްޒު ވިދާޅުވީ އާއްމުން އެންމެ ކަންބޮޑުވާ މައްސަލަތަކުގެ ތެރޭގައި ކުނީގެ މައްސަލަ ހިމެނޭ ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ ވެމްކޯ އިން ނަގާ ފީ ކުޑަކުރުމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރާއި ކަމާގުޅޭ ވަޒީރުންނާ މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

"އެހެންވީމަ ޓަނަކަށް މި ނަގާ 750 ރުފިޔާ 500 ރުފިޔާއަށް ސަރުކާރުން ކުޑަކޮށްދޭނަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެ އަގު ނަގަން ފަށާނެ ތާރީހު ވެމްކޯ އިން ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށާއި މި ބަދަލާއެކު ކުނި އުކާލުމަށް އާއްމުން މިހާރު އުފުލާ ތަކުލީފަށް ލުއި ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މާލެ ސަރަހައްދުގައި ކުނި އުކާލަން އަންނަ އާއްމު އުޅަނދުތަކުން ޓަނަކަށް 750 ރުފިޔާ ނަގަން ފެށީ މިއަހަރުގެ މާޗް މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. އޭގެ ކުރިން ޓަނަކަށް ނަގަމުން ދިޔައީ 1،060 ރުފިޔާ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345