މިސްކިތެއްގަައި ދަމުނަމާދު ކުރަން ހުރި އަންހެނެއްގެ ފޯނާއި ދަބަސް ވަގަށް ނެގި ބަޔަކު ހައްޔަރުކޮށްފި އެވެ.
ވައްކަން ކޮށްފައިވަނީ އަލިކިލެގެފާނު މަގުގައި ހުންނަ ސަލާހުއްދީން މިސްކިތުގައި އަންހެން މީހާ ދަމުނަމާދަށް ހުއްޓަ އެވެ.
ފުލުހުންނަށް ރޭ ދަންވަރު މިމައްސަލަ ރިޕޯޓްކުރުމާ އެކު ހެނދުނު 7:00 ޖަހަނިކޮށް އުމުރުން 36 އަހަރު ދިވެހި ދެ ފިރިހެނުން ވަނީ ހައްޔަރުކޮށްފަ އެވެ.
މާލެ ސިޓީ ކައުންސިލުން މީގެކުރިން ބުނި ގޮތުގައި މާލޭގެ މިސްކިތްތަކުގައި ސީސީޓީވީ ކެމަރާ ހަރުކޮށްފައި ހުންނައިރު މިސްކިތްތަކުން ވައްކަން ކުރުން ވަނީ ވަރަށް ބޮޑަށް އާންމުވެފަ އެވެ. އެގޮތުން މިސްކިތްތަކުގައި ހުންނަ ފަންކާ، ސައުންޑް ސިސްޓަމް ފެން މޯޓަރު ފަދަ ތަކެތި ވަގަށް ނަގައިގެން އެތައް މައްސަލައެއް މިދިޔަ ދެ ހަފްތާއެއްހާ ދުވަސް ތެރޭގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވެ އެވެ.
ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު މި ރޯދަ މަހުގެ ފުރަތަމަ 15 އާ ހިސާބަށް މާލެ ސަރަހައްދުން 110 ވައްކަމުގެ މައްސަލަ ރިޕޯޓްކޮށްފައިވެ އެވެ.