އިސްލާމިކް މިނިސްޓްރީ

ސައުދީން ހަދިޔާކުރި ކަދުރު ބަހަން ފަށައިފި

ސައުދި އަރަބިއްޔާ އިން ރާއްޖެއިން ހަދިޔާކޮށްފައިވާ ކަދުރު ބަހަން ފަށައިފި އެވެ.

ސައުދީން އާންމު ގޮތެއްގައި ކަދުރު ހަދިޔާކުރަނީ ރޯދަ ފެށެން ކުޑަ ދުވަސްކޮޅަކަށް ވުމުންނެވެ. އަދި އެގޮތަށް ހަދިޔާކުރާ ކަދުރު ރާއްޖެ ގެނެސް ރޯދަ މަހުގެ ފުރަތަމަ ހަފްތާ ތެރޭގައި ބަހާލަ އެވެ.

އެކަމަކު މިފަހަރު ކަދުރު ބެހުމުގެ މަސައްކަތް ފަށާފައި މިވަނީ ރޯދަ މަސް ނިމެން ދެ ދުވަހަށް ވުމުންނެވެ.

ކަދުރު ބަހާ ދުވަސްތަކާއި ގަޑިތައް:

  • މިއަދާ މާދަމާ މެންދުރުފަހު 1:00 އިން 3:00 އަށް
  • އޭޕްރީލް 14 އިން 18 އަށް މެންދުރުފަހު 1:00 އިން 3:00 އަށް
  • އޭޕްރީލް 23 އިން 25 އަށް ހެނދުނު 9:30 އިން މެންދުރު 12:00 އަށް

އިސްލާމިކް މިނިސްޓްރީން މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގައި ދިރިއުޅޭ މީހުންނަށް ކޮންމެ ގޭބިސީއަކަށް އެއް ޕެކެޓްގެ ރޭޓުން ކަދުރު ބަހާނީ އެ މިނިސްޓްރީން ކަމަށެވެ. ރަށްރަށުގައި ކަދުރު ބަހާނީ އެ ރަށެއްގެ ކައުންސިލުންނެވެ.

ކަދުރު ދޫކުރުމަށް ހަމަޖެހިފައިވަނީ އައިޑީކާޑު ހިފައިން ދިއުމުންނެވެ.