ދުނިޔެ

އެލްޖީ ސްމާޓްފޯން ވިޔަފާރި އެމެރިކާގައި ހުއްޓާލައިފި

އެލްޖީ ސްމާޓްފޯނެއް ދެން އެމެރިކާއިން ގަންނާކަށް ނުލިބޭނެ އެވެ. އެމެރިކާގައި ސްމާޓްފޯން ވިއްކަން ބޭނުންވާ ހުރިހާ ލައިސަންސެއް އެލްޖީން މިހާރު ވަނީ ޗައިނާގެ ސްމާޓްފޯން ކުންފުނި އޮޕޯއަށް ވިއްކާލާފަ އެވެ.

ސްމާޓްފޯން ވިޔަފާރި އަކީ އެލްޖީއަށް ކުރި ނޭރުނު ވިޔަފާރި އެކެވެ. ބައެއް ފަހަރު އެޕަލްއާ ހެދި އެވެ. ސަމްސޮންގް އަދި މޮޓޮރޯލާ އަކީ ވެސް އެލްޖީއަށް ވާދަވެރި އަދި ބޮޑު ހުރަހަކަށްވި އެވެ.

އޭޝިއާ ބައްރުގައި އެލްޖީއަށް އެންމެ ބޮޑު ވާދަވެރިއަކަށްވީ ސަމްސޮންގް އެވެ. އެމެރިކާގައި އެޕަލް އަދި މޮޓޮރޯލާ އެވެ.

ނަމަވެސް، އެލްޖީ އަކީ ސްމާޓްފޯންތަކުގައި ބޭނުންކުރަޖެހޭ އެކި ފީޗާތައް އަމިއްލައަށް އުފައްދައި ލައިސަންސް ވިއްކާ ކުންފުންޏެވެ. ސްމާޓްފޯން ވިޔަފާރި ހުއްޓާލިއެއް ކަަމަކު ލައިސަންސުން ފައިދާ ހޯދެން އެބަ އޮތެވެ.

އެލްކީ މިހާރު ވަނީ އެމެރިކާއަށް ފޯނު ވިއްކުމުގެ ބަދަލުގައި، އެ ސަރަހައްދުގައި ބޭނުންކުރާ ފީޗާތަކަށް ބޭނުންވާ ހުރިހާ ލައިސަންސަކާއި ހައްގެއް، ޗައިނާގެ އޮޕޯއަށް ވިއްކާލާފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ބައެއް ލައިސަންސްތައް ވިއްކާފައި ވަނީ ދެމެހެއްޓެނިވި ގޮތުގައި ފައިދާ ލިބޭ ގޮތަށެވެ. އަދި އެއީ އެލްޖީގެ މުދަލެއް ގޮތުގައި ދުވަހަކު ވެސް ދެން ދައުވާ ނުކުރެވޭ ގޮތަށެވެ.

އޮޕޯއަށް ވެސް މި ލައިސަންސްތައް ވެފައި ވަނީ ރަނަށެވެ. އެމެރިކާގައި ފޯނު ވިޔަފާރީގެ ހުއްދަ ލިބިފައި ވާއިރު އޮޕޯ ގަބޫލުކުރަނީ އަމިއްލް ޕްރޮފައިލްގައި މޮޓޮރޯލާ އަދި އެޕަލްއަށް ވާދަވެރިއަކަށް ވެވިދާނެ ކަމަށެވެ.

އެލްޖީން ފޯނު ވިޔަފާރި ހުއްޓާލުމަކީ އެ ކުންފުނީގެ ފޯނުތަކަށް ލޯބިކުރި މީހުންނަށް ހިތާމައެއް ނަމަވެސް، އެލްޖީ ގަބޫލުކުރާ ގޮތުގައި ލައިސަންސްތަކުން ފައިދާ ލިބުމަކީ ވެސް ސްމާޓްފޯން ސިނާއަތުން ފައިދާ ލިބުމެވެ.

މިހެންކަމުން އެލްޖީ އަކީ އަބަދުވެސް ސްމާޓްފޯން ސިނާއަތުގެ ބައިވެރިއެއް ގޮތުގައި ދެމިއޮންނާނެ އެވެ.