އީރާންއާ އިޒުރޭލާ ދެމެދު އުދާސްވެފައި އޮތް ވަރުން، ހަމަލާތަކެއް ބަދަލުކޮށްފާނެ ކަމަށް ބިރުން ބައެއް އެއާލައިންތަކުން އީރާންގެ ވެރިރަށް ތެހެރާނަން ކުރަން ހުރި ދަތުރުތައް ކެންސަލްކޮށްފި އެވެ.
ބައެއް އެއާލައިންތަކުން -- ޔޫރަޕުން އޮސްޓްރޭލިއާ އަދި ނިއުޒިލޭންޑަށް ދަތުރުކުރާ ފްލައިޓްތަކުން އީރާންގެ ވައިގެ ސަރަހައްދަށް ނުވަދެ ވަނީ މަގުވެސް ބަދަލުކޮށްފަ އެވެ.
ލުފްތަންސާ ބުނާ ގޮތުން މަސްރަހު މިހާރު އޮތް ގޮތުން ދަތުރުތައް ރައްކާތެރިއެއް ނޫނެވެ.
އަންނަ ބުރާސްފައްޗާ ހަމައަށް ބެލުމަށްފަހު ރައްކާތެރި ކަމަށް ފެންނަނަމަ ދަތުރުތައް ފަށާނެ ކަމަށްވެސް އެ އެއާލައިނުން ވަނީ ބުނެފަ އެވެ.
އީރާންގެ ސަރުކާރުން ދަތުރުތައް ރައްކާތެރި ކަމަށް ބުނި ނަމަވެސް އެއީ ސިޔާސީ ގޮތުން ދައްކާ ވާހަކައެއް ކަމަށް ލުފްތަންސާއިން ބުންޏެވެ. މިހެން ކަން އޮތުމުން އަމިއްލަ ސަލާމަތާއި ދަތުރުވެރިންގެ ރައްކާތެރި ކަމަށް ޓަކައި ދަތުރުތައް މަޑުޖައްސާލީ ކަމަށްވެސް ވަނީ ބުނެފަ އެވެ.
އީރާންއާއި އިޒުރޭލާ ދެމެދު ގުޅުން އޮތީ ވަރަށް ބޮޑަށް ނުތަނަވަސްވެފަ އެވެ. މަސްރަހު ދިރާސާކުރާ މީހުން ދެކޭ ގޮތުގައި އީރާންގެ ހަމަލާއެއް އިޒުރޭލަށް އެރުމަކީ ވަރަށް ގާތް ކަމެކެވެ.
އީރާންގެ ބިމުން އިޒުރޭލަށް ހަމަލާއެއް ދީފިނަމަ މުޅި ތަން އަންދާލާނެ ކަމަށްވެސް ޒަޔަނިސްޓުން އޮތީ ބުނެފަ އެވެ.
މި ދެ ގައުމުގެ ދެމެދުގައި މަސްލަހަތު ގެއްލުނީ ޒަޔަނިސްޓުންނާ ހެދި އެވެ.
ސީރިއާގެ ވެރިރަށް ދިމިޝްގްގައި ހުންނަ އީރާންގެ އެމްބަސީ އިމާރާތަށް އިޒުރޭލުން ދިން ހަމަލާއެއްގައި ހަތް މީހަކު ވަނީ މަރުވެފަ އެވެ. މީގެތެރޭގައި އިރާންގެ ވަރަށް ސީނިއާ ދެ ޖެނެރަލަކުވެސް ހިމެނެ އެވެ.