މޯލްޑިވްސް ޕޮލިސް ސާވިސް

މެގަޓްރޯން އިން ހީލަތް ހެދުން: ގެއްލުން ލިބުނު މީހުން އަންގަން އެދިއްޖެ

މެގަޓްރޯން މޮޓޯސް، މޯލްޑިވްސް ވޭވް އިންޓަނޭޝަނަލް އިން ހީލަތް ހެދުމުން ގެއްލުން ލިބުނު މީހުން އެކަން އެންގުމަށް ފުލުހުން އެދިއްޖެ އެވެ.

ފުލުހުން ބުނީ ވެހިކަލް ގެނެސްދޭނެކަމަށް ބުނެ މަކަރާއި ހީލަތުން އޮޅުވާލައިގެން ގިނަ ބައެއްގެ އަތުން ފައިސާ ހޯދާފައިވާ މެގަޓްރޯން މޮޓޯސް މޯލްޑިވްސް ވޭވް އިންޓަނޭޝަނަލް އަށް ތުހުމަތުކުރެވޭ މައްސަލާގައި އިތުރު މީހުންގެ އަތުން ފައިސާ ނަގާފައިވޭތޯ ބަލަން ބޭނުންވާ ކަމަށެވެ.

އެ ކުންފުނިން މަކަރާއި ހީލަތް ހެދި މައްސަލަ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.

ވެހިކަލް ގެނައުމުގެ ގޮތުން އެ ކުންފުންޏަށް ފައިސާ ދައްކާފައިވާ މީހުން އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9790048 އަށް ގުޅައި ހިއްސާކުރުމަށް ވަނީ އެދިފަ އެވެ.