ޒަހަމްތަކަކާއެކު އޮތް މީހަކު މާލެއިން ފެނިއްޖެ އެވެ.
ފުލުހުން ބުނި ގޮތުގައި ޒަހަމްތަކަކާއެކު އޮއްވާ ފެނުނީ ދިވެހި ފިރިހެނެކެވެ.
ސެނެހިޔާ ހޮސްޕިޓަލް ކައިރިން ޒަހަމްތަކަކާއެކު މީހަކު ފެނިގެން ފުލުހުންނަށް ރިޕޯޓްކުރީ މިއަދު ހެނދުނު އެވެ.
ފުލުހުން ބުނީ އެ މީހާއަށް ފަރުވާ ދިނުމަށް ސެނެހިޔާ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް އެ މީހާއަށް ލިބިފައިވާ ޒަހަމްތަކުގެ ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
ޒަހަމްތަކަކާއެކު މީހަކު އޮއްވާ ފެނުނު ސަރަހައްދުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.