މޯލްޑިވްސް ޕޮލިސް ސާވިސް

460 އަށްވުރެ ގިނަ އުޅަނދު ޓޯކޮށްފި

މާލޭގެ މަގުތަކުގައި ދިގު މުއްދަތަކަށް ބޭނުންނުކޮށް ދޫކޮށްލާފައި ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތްގައި އިއްޔެގެ ނިޔަލަށް 460 އަށްވުރެ ގިނަ އުޅަނދު ޓޯކޮށްފި އެވެ.

މަގުތަކުގައި ދިގު މުއްދަތަކަށް ބޭނުންނުކޮށް ދޫކޮށްލާފައި ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް ފެށީ މިމަހުގެ 15 ވަނަ ދުވަހު އެވެ.

ފުލުހުން މިއަދު ބުނީ މި މަސައްކަތުގެ ދަށުން އިއްޔެއާ ހަަމައަށް ޖުމުލަ 468 އުޅަނދު ވަނީ ނަގާފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ 432 ސައިކަލާއި ހަތަރު ފުރޮޅުލީ 33 އުޅަނދު އަދި 3 ބައިސްކަލެވެ.

މަގުމަތީގައި ބޭނުންނުކޮށް ގިނަ ދުވަސްވީ އުޅަނދުތައް ޓޯ ކުރުމުގެ މަސައްކަތް މީގެ ކުރިންވެސް ކޮށްފައިވެ އެވެ.