ލައިވް ބްލޮގް

ސުނާމީއެއް ނެތް، މިހާރު އޮތީ އާދައިގެ ހާލަތު

  • ބިންހެލުން އައީ 7.9 މެގްނެޓިއުޑްގެ ބާރުމިނުގައި
  • ސުނީމާ އެލާޓްތައް އެހެން ގައުމުތަކުން ވެސް ނަގައިފި
  • މިރެއާއި މާދަމާވެސް އޮއިވަރުގައި ތަފާތު ކަމެއް ފެނިދާނެ

އިންޑޮނޭޝިއާގެ ސްމަޓްރާ ކައިރިއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ އެވެ. އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނެފައިވަނީ ސްމަޓްރާ ކައިރިއަށް ބިން ހެލުން އައިސްފައިވަނީ 7.9 މެގްނެޓިއުޑްގެ ބާރުމިނުގައި ކަމަށެވެ. ފުރަތަމަ ބިން ހެލުން ރިކޯޑްކޮށްފައިވަނީ 8.1 މެގްނެޓިއުޑްގެ ބާރު މިނުގަ އެވެ.

ބިން ހެލުން އައިސްފައިވަނީ ބިމުގެ 10 ކިލޯ މީޓަރު އަޑިއަށެވެ. މި ބިންހެލުމާ ގުޅިގެން ސުނާމީ އެލާޓް މިހާރު ނެރުނެވެ. ރާއްޖެއަށް ވެސް ވަނީ ސުނާމީ ވޮޗް އެލާޓް ނެރުނުއިރު އެއްވެސް ސަރަހައްދަކަށް ސުނާމީއެއްގެ އަސަރުކޮށްފައެއް ނުވެ އެވެ. ރާއްޖެއިން ވަނީ ދެ ގަޑިއިރަށްފަހު ސުނާމީ އެލާޓް ކެންސަލްކޮށްފަ އެވެ. މި ބިން ހެލުން އައިސްފައި ވަނީ މާލެއާ 2527 ކިލޯ މީޓަރު ދުރުންނެވެ. ބިން ހެލުން ރިކޯޑްކޮށްފައިވަނީ ރާއްޖޭ ގަޑިން 17:49 ގަ އެވެ.

ރާއްޖޭގެ މޫސޫމާބެހޭ އިދާރާއިން ބުނީ ބިން ގެލުމާއެކު އިންޑޮނޭޝިއާ ސަރަހައްދުގައި އުސް ރާޅު ހުރި ކަމަށާއި ނަމަވެސް އޭގެ އަސަރު ރާއްޖެއަށް ފޯރާފާނެ ކަމުގެ އިޝާރާތެއް ނެތް ކަމަށެވެ.

"ބިން ހެލުމާ ގުޅިގެން ކުދިކުދި ރާޅުތަކެއް އުފެދުނު، ރާއްޖެއަށް އަސަރެއް ފޯރި ނަމަވެސް ފޯރާނާ 9:15 ގައި. މިހާތަނަށް ބެލި ބެލުމުން އެއްވެސް ނުރައްކަލެއް ނެތުމުން މިހާރު ވަނީ ޔެލޯ އެލާޓް ނަގާފައި. އެކަމަކު މިރޭ ވެސް މާދަމާ ވެސް އޮއިވަރުގެ ތަފާތެއް އިހުސާސް ކުރެވިދާނެ، އެކަމަ ސަމާލުވާންޖެހޭނެ، އެކަމަކު މިހާރު ސުނާމީގެ ތްރެޓެއް ނެތް" މޫސުމާބެހޭ އޮފިޝަލެއް ކަމަށްވާ ހާފިޒް ވިދާޅުވި އެވެ.

ޑިޒާސްޓާސް މެނޭޖްމެންޓުން ސުނާމީއެއް އަރާފާނެ ކަމަށް ގޮނޑުދޮށަށް ނުދިޔުމަށް އިލްތިމާސްކުރި އެވެ. އަދި ސުނާމީއެއް އަރާފާނެތީ، ޑިޒާސްޓާސް މެނޭޖްމެންޓާއި އެމްއެންޑީއެފްއިން ފުރިހަމައަށް ތައްޔާރުވި އެވެ. ރެސްކިއު އޮޕަރޭޝަނެއް ހިންގަން ޖެހިދާނޭ ކަމަށްޓަކައި ކޯސްޓްގާޑުންވެސް ތައްޔާރުވި އެވެ.

މިއަދު މި ބިންހެލުން އައިސްފައިވާއިރު މިދިއަ ހަފުތާގައި ރާއްޖޭގެ އައްޑޫ ސިޓީ ހިމެނޭ ސަރަހައްދަށް މިދިޔަ ހަފުތާ ތެރޭގައި ބިން ހެލުމެއް އައިސްފައިވެ އެވެ. އެ ބިންހެލުން ރިކޯޑް ކުރެވިފައިވަނީ ރާއްޖޭ ގަޑިން ހަވީރު 5:53 ހާއިރު އެވެ. ބިންހެލުމުގެ ސަބަބުން ރާއްޖެއަށް އެއްވެސް ގެއްލުމެއްވެފައެއް ނުވެ އެވެ.