ދުނިޔެ

އިޒުރޭލުން ޣައްޒާއިން ފައިބައިފުމަށް ދާންދެން ޑީލެއް ނުހެދޭނެ: ހަމާސް

އިޒުރޭލާ އެކު ޑީލެއް ހަދައި އަސީރުން ދޫކުރަން އެއްބަސްވެވޭނީ އިޒުރޭލު ސިފައިން ޣައްޒާއިން ފޭބުމުން ކަމަށް ހަމާސްއިން ބުނެފި އެވެ. އަސީރުން ދޫކުރާ ހިސާބަށް އެއްބަސްވުންތައް ދާއިރު، އިޒުރޭލު ސިފައިންގެ އެކަކުވެސް ޣައްޒާގައި ހުރެގެން ނުވާނެ ކަމަށް ވެސް ހަމާސްއިން ބުންޏެވެ.

ހަމާސްގެ ސިޔާސީ ގޮފިން އިއްޒަތު އައްރިޝްގް ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، ހަމާސް އާއެކު ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކުރަން އިޒުރޭލުން ބޭނުމެއް ނުވެ އެވެ. ޒަޔަނިސްޓުން ބޭނުންވަނީ ވަގުތީ އެއްބަސްވުމެއް ކަމަށާއި އަސީރު ދޫކޮށްލާއިރަށް ހަމަލާތައް އަލުން ފަށާނެ ކަމަށް ވެސް ބަޔާނުގައި ވެއެވެ.

ގަތަރާއި މިސްރުން ހަމާސްއަށް ހުޅަހެޅި ހުށަހެޅުންތަކަށް ޖަވާބުދިފައިވާނެ ކަމަށް ވެސް އެ ޖަމާއަތުން ބުންޏެވެ.

ހަމާސްއިން ބުނާ ގޮތުން އަސީރުން ދޫކޮށްލައި ޒަޔަނިސްޓުންނާ އެކު ސުލްހަވުމަށް އެއްބަސްވެވޭނީ އިޒުރޭލު ސިފައިން ޣާއްޒާއިން ފޭބުމާ އެކު -- ގެދޮރު ދޫކޮށް ގޮސް ތިބި މީހުން އަނބުރާ ޣައްޒާއަށް ވަނުމަށް ހުރަހެއް ނެތް ކަމަށް ވާ ނަމަ އެވެ.

އަދި އެހީ ހިފައިގެން ޣައްޒާއަށް ވަންނަ ލޮރީތަކަަށް އެއްވެސް ޒާތެއްގެ ހުރަހެއް ކުރިމަތިކޮށްގެން ނުވާނެ ކަމަށް ވެސް ހަމާސްއިން ބުންޏެވެ.

މިދިޔަ އަހަރު އޮކްޓޯބަރު ހަތެއްގައި އިޒުރޭލު ސިފައިން ޣައްޒާއަށް ދޭންފެށި ހަމަލާތައް އަދިވެސް ދަނީ ކުރިއަށެވެ. ޣައްޒާގެ އެކި ދިމަދިމާގައި ޒަޔަނިސްޓުން ޖަރީމާތައް ހިންގައި 33،800 އަށް ވުރެ ގިނަ މީހުން ވަނީ މަރާފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން މި ހަމަލާތަކުގައި އިޒުރޭލުން 1،200 މީހަކު ވަނީ މަރުވެފަ އެވެ. ހަމާސްއިން 250 މީހަކު އަސީރުކޮށް އަދި އޭގެ ތެރެއިން ބައެއް މީހުން ވަނީ ދޫކޮށްލާފަ އެވެ.

އިޒުރޭލާ ހަމާސްއާ ދެމެދު ސުލްހައިގެ އެއްބަސްވުމެއް ހެދުމަށްޓަކައި ގަތަރާއި މިސްރުން މެދުވެރިއެއްގެ ދައުރު އަދާކުރުމުގައި ވެސް ވަނީ ދުވަސްތަކެއް ހޭދަވެފަ އެވެ.

މީގެ ކުރިން ހަމާސްއާ މަޝްވަރާކުރި ޓީމުގައި ސައޫދީ އަރަބިއްޔާ އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް ބައިވެރިވި އެވެ. ނަމަވެސް، މިއިން އެއްވެސް އެއްބަސްވުމެއް ދެފަރާތަށް ކަމުދާ ގޮތަށް ހެދިފައެއް ނުވެ އެވެ.