ހައިކޯޓް

ފުރަތަމަ ހަަތަރު މަހު ހައިކޯޓުން ނިންމީ 99 މައްސަލަ

މިއަހަރުގެ ފުރަތަމަ ހަަތަރު މަހު ހައިކޯޓުން 99 މައްސަލަ ނިންމައިފި އެވެ.

އެކަމަކު މިއީ މިދިޔަ އަހަރުގެ މިމުއްދަތާ އަޅާބަލާއިރު ދަށް އަދަދެކެވެ. މިދިޔަ އަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހުގެ ތެރޭގައި ހައިކޯޓުން 132 މައްސަލަ ނިންމާފައިވެ އެވެ.

ހައި ކޯޓުގެ ތަފާސްހިސާބަށް ބަލާއިރު އެންމެ ގިނަ މައްސަލަ ނިންމާފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހު އެވެ.

ވަކިވަކި މަސްތަކުގެ ތަފާސްހިސާބަށް ބަލާއިރު މިއަަހަރުގެ ޖެނުއަރީގައި 26 މައްސަލަ، ފެބްރުއަރީގައި 43 މައްސަލަ، މާޗްގައި 13 މައްސަލަ އަދި އޭޕްރީލްގައި 17 މައްސަލަ ހައިކޯޓުން ނިންމާފައިވެ އެވެ.

ހައިކޯޓުން ނިންމި މައްސަލަތައް

  • ޖިނާއީ 37 މައްސަލަ
  • މަދަނީ 35 މައްސަލަ
  • ވަޒީފާއާ ގުޅޭ 22 މައްސަލަ
  • އާއިލީ ގުޅުންތަކާ ގުޅޭ ދެ މައްސަލަ
  • އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުންތަކާ ގުޅޭ ދެ މައްސަލަ
  • ދުސްތޫރީ އެއް މައްސަލަ

މިއަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހުގެ ތެރޭގައި ހައިކޯޓަށް 73 މައްސަލަ ހުށަހެޅިއިރު ބަލައިގަނެ ރަޖިސްޓްރީކޮށްފައިވަނީ 57 މައްސަލަ އެވެ.