މިނިސްޓްރީ އޮފް ހެލްތު

ޑޮކްޓަރުންގެ އަގުވައްޓާލުމުގެ ގޮތުން ފޮޓޯ އާންމުނުކުރަން އިލްތިމާސްކޮށްފި

އައިޖީއެމްއެޗްގެ މުވައްޒަފުންތަކެއް -- ފޮޓޯ: އަވަސް
0%
0%
0%

ޑޮކްޓަރުންގެ އަގުވައްޓާލުމުގެ ފޮޓޯ އާންމުކުރާތީ މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން (އެމްއެމްއޭ) އިން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެމްއެމްއޭ އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޑޮކްޓަރުންގެ އަގު ވެއްޓޭ ގޮތަށް އަދި ސިއްހީ ދާއިރާއިން ހިދުމަތްތަކުގެ އިތުބާރު ގެއްލޭ ގޮތަށް ޑޮކްޓަރުންގެ ފޮޓޯ އާންމުކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. ބައެއް މީހުން ކުރާ އެފަދަ ކަންކަމުގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރާނީ ހިދުމަތް ހޯދާ މީހުންނަށް ކަމަށްވެސް ބަޔާނުގައިވެ އެވެ.

މިބަޔާނުގައި ވަނީ ސިއްހީ ނިޒާމުގެ އިތުބާރު ގެއްލުވާލުމަކީ ބޮޑު ހަރަދެއް ކޮށްގެން ދިވެހިން ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް ދިރުވޭ ސަގާފަތެއް ކަމަށްވެސް ސިފަކޮށްފައިވެ އެވެ.

ސިއްހީ ހިދުމަތްތެރިންނަށް ހިދުމަތް ދިނުމުގައި ގިނަ ގޮންޖެހުންތަކެއް ހުރި ކަމަށާއި އެހެންކަމުން ބަޔަކު ކުރާ ނެދޭވެ އަމަލުތަކެއްގެ ސަބުން އެމީހުން މާޔޫސްވެ ހިދުމަތުގައި ދެމެހެއްޓުމަށް ދަތިވާނެ ކަމަށްވެސް ބަޔާނުގައިވެ އެވެ.

މިބަޔާނުގައި ވަނީ ސިއްހީ ހިދުމަތްތެރިންގެ ހިދުމަތް ދެމެހެއްޓެނިވި ގޮތަކަށް ދިނުމަށްޓަކައި ހުރިހާ އެންމެންވެސް އެހީތެރިކަން ދިނުމަށްވެސް ގޮވާލާފަ އެވެ.

ޑޮކްޓަރުންގެ ފޮޓޯ އާންމުކޮށް އެމީހުންގެ އަގުވެއްޓޭ ގޮތަށް ބައެއް މީހުން އަމަލުކުރަމުންދާތީ އެގޮތަށް އެކަން ނުކުރަން އައިޖީއެމްއެޗް އިން ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345