އައިޖީއެމްއެޗް

އެއްވެސް ސާޖަރީއެއް ހުއްޓާލާފައެއް ނުވޭ: އައިޖީއެމްއެޗް

އައިޖީއެމްއެޗް -- ފޮޓޯ: އަވަސް
0%
0%
0%

އެއްވެސް ސާޖަރީއެއް މިވަގުތު ހުއްޓާލާފައި ނުވާ ކަމަށް އައިޖީއެމްއެޗް އިން ބުނެފި އެވެ.

އައިޖީއެމްއެޗް އިން މިހެން ބުނެފައި މިވަނީ އެ ހޮސްޕިޓަލްގައި ކުރިއަށް ގެންދާ ބައެއް ސާޖަރީތައް ހުއްޓާލާފައިވާ ކަމަށް ސޯޝަލް މީޑިއާގައި ފަތުރަމުންދާ ހަބަރުތަކާ ގުޅިގެންނެވެ.

އައިޖީއެމްއެޗްގެ އެކްސް އެކައުންޓްގައި މިއަދު ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އެ ހޮސްޕިޓަލުގެ އެއްވެސް ސާޖަރީއެއް މިވަގުތު ހުއްޓާލާފައި ނުވާކަމުގެ ޔަގީންކަން ދޭ ކަމަށެވެ.

އާއްމު ރައްޔިތުންނަށް އޮޅުންއަރާ ގޮތަށް އެފަދަ ހަގީގަތާ ހިލާފު މައުލޫމާތު ފަތުރަމުންދާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށްވެސް ބުންޏެވެ.

"ހަރުކަށި އިބާރާތުން ކުށްވެރިކޮށް ޒިންމާދާރުކަމާ އެކު މައުލޫމާތު ފެތުރުމަށް ނަސޭހަތްތެރިވަމެވެ،" އައިޖީއެމްއެޗްގެ ޕޯސްޓްގައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345