އައިޖީއެމްއެޗް

ޒުވާން އަންހެން ކުއްޖެެއްގެ ނޭވާ ހޮޅިން ނެގީ ޕިނެއް!

ނޭވާ ހޮޅިން ނެގި ޕިން -- ފޮޓޯ: ޑރ. މުހައްމަދު އިސްމާއިލް
0%
0%
0%

ޒުވާން އަންހެން ކުއްޖެއްގެ ނޭވާ ހޮޅިން ޕިނެއް ނަގައިފި އެވެ.

އައިޖީއެމްއެޗްގެ ޑޮކްޓަރުންގެ މަސައްކަތުން މި ޕިން ނަގާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

މިހާދިސާއާ ގުޅިގެން ޑޮކްޓަރު މުހައްމަދު އިސްމާއީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މިފަދަ ހާދިސާތަކުން ދުރުވުމަށްޓަކައި ބުރުގާ ނުވަތަ ޝޯލް އަޅާއިރު އަނގަޔަށް ޕިން ނުލުމަށް އެދިވަޑައިގެންފަ އެވެ.

މުހައްމަދު އިސަމާއިލް ހިއްސާ ކުރެއްވި އެކްސްރޭގެ ފޮޓޯތަކުގައި ނޭވާ ހޮޅިތެރޭގައި ޕިން ތާށި ވެފައި އޮއްވާ ފެނެ އެވެ. ނޭވާ ހޮޅިން ޕިން ނެގުމަށްފަހު އޭގެ ބޮޑުމިން އެނގޭ ގޮތަށްވެސް ޑޮކްޓަރު ވަނީ ފޮޓޯއެއް ހިއްސާކޮށްފަ އެވެ.

އައިޖީއެމްއެޗްގެ ޑޮކްޓަރުން މީގެކުރިން ވަނީ 10 އަހަރުގެ ކުއްޖެއްގެ ނޭވާ ހޮޅިންނާއި އަދި 19 އަހަރުގެ އަންހެން ކުއްޖެއްގެ ބަނޑުންވެސް ޕިނެއް ނަގާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345