ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލް ކްރެޑިޓް ކާޑުތަކަށް އަގޯޑާ އިން 7 ޕަސެންޓު ޑިސްކައުންޓް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އެމެރިކަން އެކްސްޕްރެސް ކާޑުތައް ބޭނުންކޮށްގެން އަގޯޑާ.ކޮމް އިން ހަދާ ބުކިން ތަކަށް މިއަދުން ފެށިގެން ހަތް ޕަސެންޓާއި ހަމައަށް ޑިސްކައުންޓު ލިބޭނެ ކަމަށް ބީއެމްއެލް އިން ބުނެފި އެވެ.

ބީއެމްއެލް އިން ބުނި ގޮތުގައި އެ ބޭންކްގެ އެމެރިކަން އެކްސްޕްރެސް ކާޑުތަކަށް ހަ ޕަސަންޓްު އަދި ބީއެމްއެލް އެމެރިކަން އެކްސްޕްރެސް ގޯލްޑް ކާޑުތަކަށް ހަތް ޕަސެންޓު ޑިސްކައުންޓު ލިބޭނެ އެވެ.

މިއަދުން ފެށިގެން 25 ޖެނުއަރީ 2017 ގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި މާޗް 31، 2017 ގެ ކުރިން ހޮޓާ ބޭނުންކުރަން ޖެހެ އެވެ. މި ޕްރޮމޯޝަންގެ ދަށުން ޑިސްކައުންޓު ލިބޭނީ ހަމައެކަނި www.agoda.com/bmlamex މި ލިންކު ބޭނުންކޮށްގެން ހަދާ ބުކިންތަކަށެވެ.

މި ޕްރޮމޮޝަނާއި ބެހޭގޮތުން ބީއެމްއެލްގެ ރީޓެއިލް ބޭންކިން ޑައިރެކްޓާ މުހައްމަދު ޝަރީފް ވިދާޅުވީ މިފަދަ ޕްރޮމޯޝަންތަކުގެ ސަބަބުން ކަސްޓަމަރުން ކާޑު ބޭނުންކުރުން އިތުރުވެ ކާޑު ބޭނުންކޮށްގެން ގިނަ ފައިދާތައް ހޯދިގެންދާނެ ކަމަށެވެ.

އަގޯޑާއަކީ އޭޝިޔާ ސަރަހައްދުގެ އެންމެ ކުރީގައި ހިމެނޭ ބުކިން ސައިޓެވެ.