މޯލްޑިވްސް ޕޮލިސް ސާވިސް

މީހަކު ހިފަހައްޓާ ފައިސާ ފޭރުނު މައްސަލައެއްގެ ތަހުގީގަށް ހާޒިރުވާން އަންގައިފި

May 15, 2024

މީހަކަށް ބިރު ދައްކައި ފައިސާ ފޭރުނު މައްސަލައެއްގެ ތުހުމަތުގައި ފުލުހުން ތަހުގީގުކުރާ މައްސަލައަކަށް ހާޒިރުކުރަން ބޭނުންވާ މީހެއްގެ ވަނަވަރު އާންމުކޮށްފި އެވެ.

މި މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށް ޝަފީގު އިބްރާހީމް، ސ. ހިތަދޫ، ސޯމާ (34އ) ފުލުހަށް ހާޒިރުވުމަށް ވަނީ އަންގާފަ އެވެ.

ފުލުހުން ބުނި ގޮތުގައި އޭނާ ތަހުގީގަށް ހާޒިރުކުރަނީ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެންނެވެ.

އެ ގޮތުން މީހަކަށް ވަޅިން ބިރުދައްކައި ހުއްދަނޫން ގޮތުގައި އެމީހާ ހިފަހައްޓައި މާރާމާރީ ހިންގައި، ބިރުދައްކައި އިންޒާރުދީގެން އޭނާގެ އަންނައުނު ބާލުވައި، ވީޑިއޯކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އަދި އޭނާގެ ބެންކް އޮފް މޯލްޑިވްސް ކޭޝް ކާޑު އަތުލައި، ޕިންކޯޑް ހޯދުމަށްފަހު ކޭޝް ކާޑު ބޭނުންކޮށްގެން އޭނާގެ އެކައުންޓުން ފައިސާ ފޭރިގަނެފައިވާ މައްސަލައިގެ ތަހުގީގަށް ހާޒިރުކުރަން ބޭނުންވެ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ޝަފީގު އިބްރާހީމްއަށް ތަހުގީގަށް ޗިޓު ރައްދުކުރެވިފައިނުވާ ކަމަށް ފުލުހުން ބުނެ އެވެ.

މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށް މިމަހުގެ 20 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އަށް ޝަފީގު އިބްރާހީމް ފުލުހުންގެ ސާޖަންޓް އާދަމް ހަލީމް ކްރައިމް އިންވެސްޓިގޭޝަން ބިލްޑިންގް ނުވަތަ އެންމެ ކައިރީގައިވާ ފުލުހުންގެ މަރުކަޒަކަށް ހާޒިރުވުމަށް ވަނީ އަންގާފަ އެވެ.