އާސަންދަ

އާސަންދައިގެ ދަށުން 700 އަށް ވުރެ ގިނަ މީހުން މެޑިކަލް ޗެކަޕް ހަދައިފި

އާސަންދަ ސްކީމުގެ ދަށުން 700 އަށް ވުރެ ގިނަ މީހުން މެޑިކަލް ޗެކަޕް ހަދައިފި އެވެ.

ދިވެހި ކޮންމެ ރައްޔިތަކަށް އާސަންދަ ސްކީމްގެ ދަށުން އަހަރަކު ދެ ފަހަރު މެޑިކަލް ޗެކަޕް ހެދޭ ގޮތް ހަމަޖެއްސީ ޖެނުއަރިީ 1، 2024 ގައެވެ.

އާސަންދަ ސްކީމުގެ ދަށުން މެޑިކަލް ޗެކަޕް ހެދުމަށް ހުޅުވާލުމުން އައިޖީއެމްއެޗްގައި 291 މީހުން މެޑިކަލް ޗެކަޕް ހަދާފައިވެ އެވެ. ވެއިޓް ލިސްޓްގައި 377 މީހުން އެބަތިއްބެވެ.

ހުޅުމާލެ ހޮސްޕިޓަލްގައި އާސަންދައިގެ ދަށުން 505 މީހެއްގެ މެޑިކަލް ޗެކަޕް ހަދާފައިވާއިރު ވެއިޓް ލިސްޓްގައި 177 މީހުން އެބަތިއްބެވެ.

އާސަންދަ ސްކީމުގެ ދަށުން އަހަރަކު ދެ ފަހަރު މިވަގުތު މެޑިކަލް ޗެކަޕް ހެދެނީ އުމުރުން 35 އަހަރުން މަތީގެ މީހުންނަށެވެ. އަދި އުމުރުން 19 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނަށް މި ހިދުމަތް މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި ދިނުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.