މާދަމާ ބާއްވާ އެފްއޭއެމް ކޮންގްރެސްގައި ދެ ވަނަ ޑިވިޝަނާއި ތިން ވަނަ ޑިވިޝަނުން ވޯޓުލާން ފަސް ކުލަބު ހޮވައިފި އެވެ.
އެފްއޭއެމުގައި ރޭ ބޭއްވި ޕްރައިމަރީގައި ދެ ވަނަ ޑިވިޝަނުން ވޯޓުލާން ހޮވުނު ތިން ކުލަބަކީ ކުލަބު ޒެފްރޯލް އާއި ކުލަބު ފީކޭ އަދި ޖޭޖޭ ސްޕޯޓްސް އެވެ. ތިން ވަނަ ޑިވިޝަނުން ހޮވުނީ ކުޑަހެންވޭރާއި އޮފުއެފްސީ އެވެ.
ރޭގެ ޕްރައިމަރީގައި ދެ ވަނަ ޑިވިޝަނުން ވޯޓުލާފައިވަނީ ފަސް ކުލަބުގެ ތެރެއިން ކޮންގްރެސްގައި ވޯޓުލާން ނުހޮވުނީ ވިޔަންސާ އާއި މެކާނޯ އެވެ. ތިން ވަނަ ޑިވިޝަނުން ޕްރައިމަރީގައި ވާދަކުރީ ހަތަރު ކުލަބެވެ. ވޯޓުން ކަޓާފައިވަނީ ޖަމިއްޔަތުއް ޝަބާބާއި ރެޑްލައިނެވެ.
އެފްއޭއެމް ކޮންގްރެސް މި ބާއްވަނީ އިންތިހާބުގެ ކުރިން ޔޫތު މިނިސްޓްރީން އެދިގެން އަސާސީ ގަވާއިދަށް ގެނެސްފައިވާ ބަދަލުތައް ފާސްކުރުމަށެވެ.