ބޭރު ކުޅިވަރު

ލިވަޕޫލާ ދެކޮޅަށް ޔުނައިޓެޑުގެ ސަޕޯޓަރުންނަށް ހިލޭ ޖާޒީ ބަހަނީ

ލިވަޕޫދާ ދެކޮޅަށް ޔޫރޮޕާ ލީގުގެ ގަދަ 16ގައި ކުޅެން ޖެހޭ މެޗުގައި މެންޗެސްޓާ ޔުނައިޓެޑުގެ ސަޕޯޓަރުންނަށް ހިލޭ ޖާޒީ ބަހަން ނިންމައިފި އެވެ.

ލިވަޕޫލްގެ ދަނޑުގައި އަންނަ ބުރާސްފަތި ދުވަހުގެ ރޭ ކުޅޭ މެޗުގައި މެންޗެސްޓާ ޔުނައިޓެޑުން ބޭނުންވަނީ އެ ޓީމުގެ ހުދު ޖާޒީގައި ހުރިހާ ސަޕޯޓަރުން ތިބުމަށެވެ. މިހެންވެ 2300 ސަޕޯޓަރުންނަށް ހިލޭ ޖާޒީ ބަހަން ވަނީ ނިންމައިފަ އެވެ. މީގެ ޖާޒީއެއްގެ އަގަކީ 34.99 ޕައުންޑް ކަމަށް ވެސް ޔުނައިޓެޑުން ބުނެ އެވެ.

ޔޫރޮޕާ ލީގަކީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގަ ހޯދުމަށް ޔުނައިޓެޑަށް މިވަގުތު އޮތް އެންމެ ފަހި މަގު ކަމަށް ކޯޗު ލުއިސް ވެންހާލް ވަނީ ބުނެފަ އެވެ. އަދި މި މުބާރާތަކީ ޗެމްޕިއަންސް ލީގަށް ކޮލިފައިވުމަށް ލިވަޕޫލުން ވެސް ވަރަށް ބޮޑަށް ވިސްނަމުން އަންނަ މުބާރާތެކެވެ.

ލިވަޕޫލާއި މެންޗެސްޓާ ޔުނައިޓެޑަކީ އިނގިރޭސިވިލާތުގެ އެންމެ ކާމިޔާބު އަދި އެންމެ ވާދަވެރި ދެ ޓީމެވެ.