އެމްއެމްޕީއާރްސީ

އެމްއެމްޕީއާރްސީގެ ޗެއާޕާސަން ނޫރައިން އިސްތިއުފާ ދެއްވައިފި

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި އައިޝާ ނޫރައިން ޖަނާހް މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ނޫރައިން އިސްތިއުފާ ދެއްވާފައިވާ ކަމަށް އެމްއެމްޕީއާރްސީގެ ބައެއް ބޭފުޅުން ވަނީ އަވަސްއަށް ޔަގީންކޮށްދެއްވާފަ އެވެ.

ނޫރައިން މިރޭ އިސްތިއުފާ ދެއްވި ވަކި ސަބަބެއް ސާފުވާ ގޮތެއް ނުވި އެވެ.

އެމްއެމްޕީއާރްސީގެ ފުރަތަމަ ޗެއާޕާސަންގެ މަގާމަށް ނޫރައިން އައްޔަންކުރީ ޑިސެމްބަރު 27، 2023 ގައެވެ.

ނޫރައިން އަކީ ޕްރިންސިޕަލް އެޑްވައިޒަ ޓު ދަ ޕްރެޒިޑެންޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓްގެ މަގާމުގައި ހުންނެވި މުހައްމަދު އަލީ ޖަނާހްގެ ދޮށީ ދަރިކަނބަލުންނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެޑްވައިޒަރެއްގެ ގޮތުގައި ޖަނާހް ހުންނެވީ ވަޒީރުންގެ ފެންވަރުގައި މުސާރަ ނުހިނގާ ގޮތަށެވެ.

ހަޔާތުގައި ގިނަ އަހަރުތަކެއް ސްވިޒަލޭންޑްގައި ހޭދަކުރައްވާފައިވާ ނޫރައިން އަކީ ޗާޓާޑް އެކައުންޓަންޓެކެވެ. ނޫރައިން އަކީ 10 އަހަރުގެ މެނޭޖުމަންޓް ތަޖުރިބާ ވެސް ހުންނެވި އަދި ޖަނާހުގެ ހޮޓެލްސް އެންޑް ރިސޯޓް އިންވަސްޓްމަންޓް ގްރޫޕްގައިވެސް ވައިސް ޗެއާ އެވެ.