އެމްއެމްޕީއާރްސީ

އެމްއެމްޕީއާރްސީގެ ބޯޑުގެ އިތުރު މެންބަރަކު އިސްތިއުފާ ދެއްވައިފި

އެމްއެމްޕީއާރްސީގެ ބޯޑުގައި މަޓީ ތަމްސީލް ކުރައްވަމުން ގެންދެވި މެންބަރު ރާފިލް މުހައްމަދުވެސް އިސްތިއުފާ ދެއްވައިފި އެވެ.

ރާފިއު އިސްތިއުފާ ދެއްވި ސީދާ ވަކި ދުވަހެއް ސާފުވާ ގޮތެއް ނުވި އެވެ.

އަވަސްއަށް މައުލޫމާތު ދެއްވި ބައެއް ބޭފުޅުންގެ ފަރާތުން މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްއެމްޕީއާރްސީގެ ބޯޑުން ރާފިލް އިސްތިއުފާ ދެއްވީ އެމްއެމްޕީއާރްސީގެ ބޯޑުގެ ބައެއް ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެންނެވެ.

އެމްއެމްޕީއާރްސީގެ ބޯޑު މެންބަރު ކަމުން ރާފިލް އިސްތިއުފާ ދެއްވިއިރު ރޭގެ ވަގުތެއްގައި އެމްއެމްޕީއާރްސީގެ ޗެއާޕާސަން އައިޝާ ނޫރައިން ޖަނާހްވެސް ވަނީ އިސްތިއުފާ ދެއްވާފަ އެވެ.

ނޫރައިން އިސްތިއުފާ ދެއްވި ވަކި ސަބަބެއް އަދި އެއްވެސް ފާރަތަކުން ހާމައެއް ނުކުރެ އެވެ.

ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރުމުގެ މަސައްކަތް ކުރުމުގެ އެންމެ ބޮޑު ޒިންމާއެއް އޮތް ކުންފުނީގެ ބޯޑު މެންބަރުންގެ މެދުގައި ހިޔާލުތަފާތުވުންތަކެއް ހުރިއިރު ބޯޑުގެ ބައެއް މެންބަރުންނާއި އެ ކުންފުނީގެ އެމްޑީޕީ ފާތިމަތު ތައުފީގުއާ ދެމެދު ގުޅުން ކުޑަކަން ބައެއް ބޭފުޅުން ފާހަގަކުރައްވަ އެވެ. އަދި އެމްއެމްޕީއާރްސީއާއި ޓޫރިޒަމް މިނިސްޓްރީއާ ދެމެދުވެސް އޮންނަންވާ ބަދަހި ގުޅުން ނެތް ކަމަށް ބައެއް ބޭފުޅުންގެ ފަރާތުން ވަނީ މައުލޫމާތު ލިބިފަ އެވެ.