ދިވެހި ރާއްޖެއާ ޗައިނާގެ ގުޅުން

ޗައިނާ އިން ރާއްްޖެއަށް 1,500 ޓަނުގެ ފެން ހަދިޔާކޮށްފި

ޗައިނާ އިން ރާއްްޖެއަށް 1,500 ޓަނުގެ މިނެރަލް ފެން ހަދިޔާކޮށްފި އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ފެން ރާއްޖެއަށް ހަދިޔާކުރި ކަމުގެ ރަމްޒީ ލިޔުން ފޮރިން މިނިސްޓަރު މޫސާ ޒަމީރުއާ ހަވާލުކޮށްދެއްވީ ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ވާންގް ލީ ޖިން އެވެ.

ފޮރިން މިނިސްޓްރީން ބުނި ގޮތުގައި ޗައިނާ އިން ހަދިޔާކުރި ފެން ދޫކުރާނީ ބައެއް ރަށްތައް ފެނަށް ޖެހޭ ވަގުތު ފެން އެންމެ ބޮޑަށް ބޭނުންވާ ރަށްތައް ބަލައިގެންނެވެ.

ޗައިނާގެ އޮޓޮނޮމަސް ސަރަހައްދެއް ކަމަށްވާ ޝީޒަންގްއިން ރާއްްޖެއަށް ގެނެސްފައިވާ ފެނަކީ މިދިޔަ އަހަރުގެ ފަހުކޮޅު ރާއްޖެއަށް އެހީއެއްގެ ގޮތުގައި ދިނުމަށް ޗައިނާ އިން ނިންމާފައިވާ ފެނެކެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ޗައިނާއާއި ރާއްޖޭގެ ގުޅުން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. މިސަރުކާރުގެ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގަން ނިންމާފައިވާ ގިނަ މަޝްރޫއުތަކެއް ވެސް މިހާރު ވަނީ ޗައިނާގެ ކުންފުނިތަކަކާ ހަވާލުކޮށްފަ އެވެ.