ރޭޕް

ރޭޕްކުރި މީހާ ހޯދަން ފުލުހުން އާއްމުންގެ އެހީއަށް އެދިއްޖެ

ރާއްޖޭގެ އުތުރުގެ ރަށެއްގައި ކުޑަ އަންހެން ކުއްޖަކު ރޭޕް ކުރި ކަމަށް ތުހުމަތު ކުރެވޭ މީހާގެ ފޮޓޯއާއި ވަނަވަރު އާއްމުކޮށް އޭނާ ހޯދުމަށް އާއްމުންގެ އެހީތެރިކަމަށް ފުލުހުން އެދިއްޖެ އެވެ.

އުތުރުގެ ރަށެއްގައި ކުޑަ ކުއްޖަކަށް މަސްތުވާތަކެތި ދީ ރޭޕް ކުރި ކަމަށް ތުހުމަތު ކުރެވެނީ ނ. މިލަދޫ / މީޒާން، އަހްމަދު ވިއާމް (27އ) އަށެވެ.

އޭނާ ހޯދަނީ ސީދާ އެ ތުހުމަތުގައި ކަމަށް ފުލުހުން ބުނެފައެއް ނުވެ އެވެ.

ފުލުހުން އެ ތުހުމަތުގެ ވާހަކަ ހާމަނުކުރި ނަމަވެސް އަވަސް ނޫހަށް ކަށަވަރު ކުރެވިފައިވާ ގޮތުގައި ވިއާމް ހޯދަނީ ކުޑަކުއްޖަކު ރޭޕް ކުރި ކަމުގެ ތުހުމަތުގައެވެ.

އަވަސް ނޫހަށް ކަށަވަރު ކުރެވިފައިވާ ގޮތުގައި ވިއާމް ހައްޔަރު ކުރުމަށް ފުލުހުން ކޯޓު އަމުރެއް ހޯދުމާއެކު ވިއާމް ވަނީ ފިލާފަ އެވެ.

ވިއާމްއަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ މެންބަރަކާ އާއިލީ ގޮތުން ގުޅުމެއް އޮންނަ މީހެއްކަންވެސް އަވަސް ނޫހަށް ކަށަވަރު ކުރެވިފައިވެ އެވެ. އެ އިންތިހާބީ މެންބަރަކީ ވެރިކަން ކުރާ ޕީއެންސީއަށް ނިސްބަތްވާ މެންބަރެކެވެ.