ސްރީލަންކާއަށް ދަތުރުކުރާ ދިވެހިންނަށް ދޫކުރާ ޓޫރިސްޓު ވިސާގެ އިންތިޒާމުތަކަށް ބަދަލުތަކެއް ގެނެސްފައިވީ ނަމަވެސް ދިވެހިންނަށް އޭގެ ސަބަބުން އެއްވެސް ދަތިކަމެއް ކުރިމަތި ނުވާނެ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފި އެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން މިހެން ބުނެފައި މިވަނީ އެ ގައުމުން ދޫކުރާ ޓޫރިސްޓް ވިސާއަށް ބައެއް ބަދަލުތައް ގެނައުމާ ގުޅިގެން ބައެއް ދިވެހިންނަށް އޮޅުން އަރާ ކަންތައްތަކެއް ހުރުމާ ގުޅިގެންނެވެ.
މިނިސްޓްރީން ބުނީ ކުރިއެކޭވެސް އެއްގޮތަށް މިހާރުވެސް ދިވެހިންނަށް ހިލޭ 30 ދުވަހަށް ޓޫރިސްޓް ވިސާ ލިބޭނެ ކަމަށެވެ. އެއަށްވުރެ ދިގު މުއްދަތަކަށް ލަންކާގައި ތިބޭނަމަ އޮންލައިންކޮށް އީ-ވިސާ އަށް ހުށަހެޅޭނެ ކަމަށްވެސް ބުންޏެވެ.
އެކަމަކު ހަމަސް ދުވަހުގެ ވިސާ ހަމަޖެއްސުމަށް އެޑްމިނިސްޓްރޭޓިވްއެއް ފީއެއް ނަގާނެ ކަމަށްވެސް މިނިސްޓްރީން އެވެ. އެ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އެ ފީ އުނިކުރަން މަޝްވަރާ ކުރަމުންދާ ކަމަށެވެ.
ފޮރިން މިނިސްޓްރީން ބުނީ ލަންކާގައި ދިރިއުޅޭ ދިވެހިން ވިސާގެ މުއްދަތު އިތުރުކުރަން އެދޭނަމަ ކޮލޮމްބޯގައި ހުންނަ ދިވެހި ހައިކޮމިޝަންގެ އެހިތެރިކަމާއެކު އެކަން ކުރެވޭނެ ކަމަށެވެ.