އައްޑޫ ސިޓީ ހިތަދޫގެ ޓެކްސީ ޑްރައިވަރެއްގެ އަތާއި ބޮލުގައި މީހަކު ދަތް އަޅައި ޒަހަމް ކޮށްލައިފި އެވެ.
ފުލުހުން ބުނީ އައްޑޫ ސިޓީގައި ޓެކްސީ ޑްރައިވަރެއްގެ އަތާއި ބޮލުގައި ދަތް އެޅި މައްސަލައެއް ރޭ 11:00 ޖަހާ އެހާކަންހާ އިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުނުކުރާ ކަމަށްވެސް ފުލުހުން މައުލޫމާތު ދެ އެވެ. ފުލުހުން މިހާރު ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
މައުލޫމާތު ލިބޭ ގޮތުގައި ޓެކްސީ ޑުރައިވަރަށް ހަމަލާ ދީފައި ވަނީ ދަތުރެއްގައި އައްޑޫ ސިޓީގެ ހިތަދޫ ބޮޑު މަގުގައި ހުންނަ ފިހާރައެއްގެ ކުރިމަތީ ގޯޅީގައި މަޑުކޮށްގެން އޮއްވަ އެވެ. އަދި އެންމެ ފުރަތަމަ ހަމަލާ ދޭން އުޅުނީ ވަޅީއަކުން ކަމަށާއި އެހެން ނަމަވެސް އެކަން ކާމިޔާބު ނުވުމުން ޑުރައިވަރުގެ އަތާއި ބޮލުގައި ދަތް އެޅީ ކަމަށް މައުލޫމާތު ލިބެ އެވެ.