އަޖޭ ދޭވްގަން

"އޯރޮން މޭން ކަހާ ޑަމް ތާ"ގެ ޓީޒާ ނިކުމެއްޖެ

"އޯރޮން މޭން ކަހާ ޑަމް ތާ"ގެ އޮފިޝަލް ޓީސާ ނިކުމެއްޖެ އެވެ.

އަޖޭ ދޭވްގަން އަދި ތަބޫ ލީޑް ރޯލްތަކުން ފެނިގެންދާ މި ފިލްމު ސިނަމާތަކަށް އަންނަނީ ކުރިއަށް އޮތް ޖުލައި ފަސްވަނަ ދުވަހު އެވެ.

ނީރާޖް ޕަންޑޭ ލިޔެ، ޑައިރެކްޓް ކޮށްފައިވާ މި ފިލްމަކީ 2000ގެ އަހަރުތައް ދައްކުވައިދޭ ލޯބީގެ މިއުޒިކަލް އެކެވެ.

އެމްއެމް ކަރީމް ކޮމްޕޯސް ކޮށްފައިވާ ސައުންޑްޓްރެކްތަކެއް ހިމެނޭ މި ފިލްމުގައި ޖިމީ ޝެރްގިލް، ސައިއީ މަންޖްރެކަ އަދި ޝަންތަނޫ މަހޭޝްވާރީވެސް މުހިންމު ރޯލުތަކުން ފެނިގެންދާނެ އެވެ.

ބޮލީވުޑްގައި މަސައްކަތް ކުރާ ހަތަރު މީހަކު ކަމަށްވާ ނަރެންދުރަ ހިރާވަތު، ކުމާރު މަންގަތު ޕަތަކް، ސަންގީތާ އާހިރު އަދި ޝިތާލް ބާޓިއާ ޕްރޮޑިއުސް ކޮށްފައިވާ މި ފިލްމަކީ އަސަރު ގަދަ ލޯބީގެ މަންޒަރުތަކެއް ފެންނާނެ ފިލްމެއް ކަމަށް ޕްރޮޑަކްޝަން ޓީމުން ބުނެ އެވެ.