އަޖޭ ދޭވްގަން

"އޯރޮން މޭން ކަހާން ޑަމް ތާ" ރިލީޒްކުރާ ތާރީހަށް ބަދަލެއް

މަޝްހޫރު ފިލްމީ ތަރި އަޖޭ ދޭވްގަން އާއި ތަބޫގެ ފިލްމު "އޯރޮން މޭން ކަހާން ޑަމް ތާ'' ރިލީޒް ކުރާ ތާރީހު އަނެއްކާވެސް އިއުލާންކޮށްފި އެވެ.

މި ފިލްމު ރިލީޒް ކުރުމަށް ކުރިން ދީފައިވާ ތާރީހަކީ މި މަހުގެ ފަސްވަނަ ދުވަސް ކަމުގައިވީ ނަމަވެސް މިހާރު ވަނީ އޮގަސްޓް މަހުގެ ދެވަނަ ދުވަހަށް ތާރީހް ބަދަލުކޮށްފަ އެެވެ.

ފިލްމުގެ ޕްރޮޑިއުސަރުން މި ބަަދަލު ގެނައީ ފިލްމުގެ ޑިސްޓްރިބިއުޓަރުންނާއި އެގްޒިބިޓަރުންގެ އެދުމުގެ މަތިންނެވެ.

މިކަން ވަނީ ޕްރޮޑަކްޝަން ހައުސްއާއި ފިލްމުގެ އާޓިސްޓުންގެ އިތުރުން ކަރަން ޖޯހަރާއި ގުނީތް މޮންގާ ވެސް ކަށަވަރު ކޮށްދީފަ އެވެ.

މިގޮތުން ފިލްމު އުފެއްދި ނީރާޖް ޕަންޑޭއާއި އަޖޭ ދޭވްގަން ވަނީ މިހާރު ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ތާރީހު އެމީހުންގެ ސޯޝަލް މިޑިއާ ޕްލެޓްފޯމްތަކުގައިވެސް އިއުލާންކޮށްފަ އެވެ.

"ކުރަމުން އަންނަ އިންތިޒާރު އޮގަސްޓް ދޭއްގައި ނިމުމަކަށް އަންނަނީ" ފިލްމުގެ ޕޯސްޓަރާއެކު އަޖޭ ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވެ އެވެ.