ސްޓެލްކޯ

ކަރަންޓު ބިލާ ގުޅޭ ޝަކުވާ ހުށަހަޅަން އެދިއްޖެ

ކަރަންޓު ބިލުތަކާއި ގުޅިގެން ޝަކުވާ ހުށަހަޅަން ސްޓެލްކޯ އިން އެދިއްޖެ އެވެ.

ކަރަންޓު ބިލުތަކާއި ގުޅިގެން ކަސްޓަމަރުން ހުށަހަޅަން ބޭނުންވާ ޝަކުވާތައް ހުށަހަޅަން ސްޓެލްކޯ އިން ވަނީ ނަންބަރެއް ހާއްސަކޮށްފަ އެވެ.

ސްޓެލްކޯ އިން ބުނީ ކަރަންޓް ބިލްތަކާއި ގުޅިގެން ކަސްޓަމަރުން ހުށަހަޅަން ބޭނުންވާ ޝަކުވާތައް ކުންފުނީގެ ކަސްޓަމާ ސާވިސް އެންޑް ބިލިންގެ ނަންބަރު 7788438 އަށް ވަޓްސްއެޕް ނުވަތަ ޓެލެގްރާމް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށެވެ.

މީގެ އިތުރުން [email protected] އަށް އީމެއިލް މެދުވެރިކޮށް ވެސް ޝަކުވާ ހުށަހެޅޭނެ ކަމަށްވެސް އެ ކުންފުނިން ބުނެ އެވެ.

ސްޓެލްކޯ އިން އިތުރަށް ބުނީ ކަސްޓަމަރުން ހުށަހަޅާ ޝަކުވާތަކަށް ގިނަވެގެން 24 ގަޑިއިރު ތެރޭގައި ޖަވާބުދާރީވުމަށް މަސައްކަތްކުރަމުންދާނެ ކަމަށެވެ.