ބޮލީވުޑް

ބޮލީވުޑުން ފުރުސަތު ހޯދުމަކީ ފަސޭހަ ކަމެއް ނޫން: ރާޖްކުމާރް ރާއޯ

ބޮލީވުޑުން ފުރުސަތު ހޯދުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި އެކަމަކު ދިރިއުޅުމަށް ކުރާ ކަމެއްގެ ގޮތުގައި ފިލްމު ކުޅެން ލިބުމުން ވަރަށް ބޮޑަށް އުފާވާ ކަމަށް ރާޖްކުމާރް ރާއޯ ބުނެފި އެވެ.

ރާޖްކުމާރްގެ އެންމެ ފަހުގެ ފިލްމު "މިސްޓާ އެންޑް މިސަސް މާހީ"ގައި ފެންނަނީ އެކި ކަހަލަ ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ ދެމަފިރިންގެ ދިރިއުޅުމެވެ.

ޖަންވީ ކަޕޫރާ އެކު ރާޖްކުމާރް ލީޑް ރޯލު ކުޅެފައިވާ މި ފިލްމު ޑައިރެކްޓް ކޮށްފައިވަނީ ޝަރަން ޝަރްމާ އެވެ.

ރާޖްކުމާރު ބޮލީވުޑަށް ނިކުތީ 2010 ވަނަ އަހަރު ރާމް ގޯޕަލް ވަރްމާގެ ފިލްމު "ރާން"ގެ ތެރެއިންނެވެ.

"އަހަރެންގެ ފުަރަތަމަ ގޮންޖެހުމަކަށްވީ ފުރަތަމަ ފިލްމު، ފުރަތަމަ ވަޒިފާ ލިބުން. ދެ އަހަރު ވަންދެން އަހަރެން ކޮންމެ ދުވަހަކު ވަޒިފާއެއް ހޯދަން ނުކުތިން. ފަސޭހަ ކަމެއް ނޫން އެކަމަކު އަހަރެންގެ "ޕްލޭން ބީ" އެއް ނެތް. އެކްޓު ކުރުމަކީ އަހަރެން ކުރަން ނިންމި އަދި ކުރަންޖެހޭ ކަމަކީ. އަހަރެން މިކުރަނީ ވެސް އެކަން،" އިންޓަވިއުއެއްގައި ރާޖްކުމާރު ބުނެފައިވެ އެވެ.

މިހާރު ބޭނުންވާ ކަހަލަ ފިލްމުތައް ކުޅުމުގެ ފުރުސަތު ލިބޭ ކަމަށްވެސް ރާޖްކުމާރް ބުންޏެވެ. މިވަގުތަށް އެންމެ އުދަގޫ ކަމަކީ ރީތި ފިލްމުތައް ހެދި ނަމަވެސް މީހުން ސިނަމާތަކަށް ގެނައުން ކަމަށްވެސް ބުންޏެވެ.