ޓޫރިޒަމް

މޭ މަހު ފަތުރުވެރިންގެ އަދަދު ދަށަށް

ރާއްޖެއަށް މިދިޔަ މޭ މަހު ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ދަށަށް ހިނގައްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖެއަށް މިދިޔަ މަހު ޒިޔާރަތްކުރީ 119،875 ފަތުރުވެރިންނެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 120،959 ފަތުރުވެރިންނަށްވުރެ 0.9 ޕަސެންޓް ދަށް އަދަދެކެވެ.

ފަތުރުވެރިންގެ އަދަދު މަހުން މަހަށް

  • ޖެނުއަރީ: 192،385 ފަތުރުވެރިން
  • ފެބްރުއަރީ: 217،392 ފަތުރުވެރިން
  • މާޗް: 194،227 ފަތުރުވެރިން
  • އެޕްރީލް: 168،366 ފަތުރުވެރިން
  • މޭ: 119،875 ފަތުރުވެރިން

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖެއަށް މިހާތަނަށް ޖުމްލަ 895،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.

ރާއްޖެއަށް މޭ މަހު ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މަދުވި ނަމަވެސް މި އަހަރުގެ ޖެނުއަރީ އިން މޭ މަހުގެ ނިޔަލަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 10 ޕަސެންޓް އިތުރުވެފަ އެވެ.