ބޭރު ކުޅިވަރު

އިޓަލީގެ ކުލަބުތަކުގެ ދަރަނި 365 މިލިއަން ޔޫރޯ އަށް

އިޓަލީގެ ކުލަބުތަކުގެ ދަރަނި އަނެއްކާ ވެސް އިތުރުވެއްޖެ ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެފި އެވެ.

އިޓަލީގެ އެންމެ މަޝްހޫރު ކުޅިވަރު ނޫހުން ބުނެފައިވަނީ ހުރިހާ ކުލަބުތަކެއްގެ ޖުމުލަ ދަރަނި 365 މިލިއަން ޔޫރޯ އަށް އަރާފައިވާ ކަމަށެވެ. މީގެ ތެރޭގައި ބަނގުރޫޓްވެފައިވާ ޕާމާގެ ނުހިމެނެ އެވެ.

އިޓަލީގެ ނޫސްތަކުން ބުނަނީ ފުޓްބޯޅަ އަށް ކުލަބުތަކުން ކުރާ ހޭދަ އިތުރުވެފައިވާ ކަމަށާއި ނަމަވެސް ކުރާ ހަރަދުގެ ދެ ބައިކުޅަ އެއްބައިދަނީ ކުޅުންތެރިންގެ މުސާރައަށް ކަމަށެވެ.

މި ގޮތުން މަޝްހޫރު އިންޓަމިލާނަށް ހުސްވި ސީޒަނުގައި 140 މިލިއަން ޔޫރޯ ގެއްލުންވެފައިވާއިރު އޭސީ މިލާނަށް 91 މިލިއަން ޔޫރޯ އަދި ރޯމާ އަށް 41 މިލިއަން ޔޫރޯ ގެއްލުންވެފައިވާ ކަމަށެވެ.

އިޓަލީގެ ނޫސްތަކުން ބުނަނީ ޗެމްޕިއަން ޔުވެންޓަސް ހިމަނައިގެން މިދިޔަ ސީޒަނުގައި ފައިދާ ވެފައިވަނީ އިޓަލީގެ އެންމެ ހަތް ކުލަބަކަށް ކަމަށެވެ. އަދި އިންޓަމިލާނާއި އޭސީ މިލާނަށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ފުރުސަތު ނުލިބިއްޖެނަމަ އިތުރު ގެއްލުންތަކަކާ ކުރިމަތިވާނެ ކަމަށެވެ.