ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް ތައްޔާރުވާ ވިކްޓަރީ އަށް ފްރާންސްގެ ދެ ކުޅުންތެރިން ގެންނަން ނިންމައިފި އެވެ.
މީގެ ތެރެއިން ފްރާންސްގެ ފޯވަޑް މިހާރު ވަނީ މާލެ އައިސް ޓީމާ ގުޅިފަ އެވެ. ފްރާންސުން ގެންނަ ދެ ވަނަ ކުޅުންތެރިޔާ މާލެ އަންނާނީ އަދި ފަހުންނެވެ.
ވިކްޓަރީން ބިދޭސީ ހަތަރު ކުޅުންތެރިން ގެންނަން ނިންމާފައިވާއިރު މިދިޔަ އަހަރު ކުޅުނު ނައިޖީރިއާ ފޯވަޑް އޮމަދޫ ގޮޑްފްރޭ ވެސްޓް ވެސް ގެންނަން ވަނީ ނިންމައިފަ އެވެ.
ކޯޗު މުހައްމަދު ނަޒީހުގެ އިރުޝާދުގެ ދަށުން ތައްޔާރުވަމުން އަންނަ ވިކްޓަރީން ވަނީ ޓީމު ވަރުގަދަ ކުރުމަށް ބައެއް ދިވެހި ކުޅުންތެރިން ވެސް ހޯދައިފަ އެވެ. މީގެ ތެރޭގައި ބީޖީ އާއި ގައުމީ ޓީމުގެ ކީޕަރު އިބްރާހީމް އިފްރާހު އަރީފް އާއި ވެލެންސިއާ އަށް ކުޅުނު އާދިލް އަބުދުއްރަހުމާން ވެސް ހިމެނެ އެވެ.