ބޮލީވުޑް

ވަރުންއާއި ނަތާޝާއަށް ބޮލީވުޑް ތަރިންގެ މަރުހަބާ

ވަރުން އާއި ނަތާޝާ. މި ދެމަފިރިންނަށް ލިިބުނީ އަންހެން ކުއްޖެއް
0%
0%
0%

ވަރުން ދަވާން އާއި ނަތާޝާ ދަލާލްއަށް އަންހެން ކުއްޖަކު ލިބުމާ އެކު ބޮލީވުޑް މަޝްހޫރު ތަރިން ޒުވާން މި ދެމަފިރިންނަށް މަރުހަބާ ކިޔައިފި އެވެ.

ވަރުން އާއި ނަތާޝާ އެމީހުންގެ ފުރަތަމަ ދަރިފުޅު މިދިޔަ ހޯމަ ދުވަހު އުފަންވި ހަބަރު ހާމަކުރަމުން އެ ދެމަފިރިން ވަނީ އެ މީހުންގެ ޕްރައިވަސީއަށް މީޑިއާ އިން އިހްތިރާމު ކުރުމަށް އެދިފަ އެވެ.

އަލަތު ދަރިފުޅު ލިބުނުކަން ވަރުން އިއުލާން ކުރީ އޭނާގެ އިންސްޓަގްރާމް އެކައުންޓުން ކުރި ޕޯސްޓެއް ގައެވެެ. މިޕޯސްޓުގައި "ބޭބީ ދަވާން" ޖަހާފައި ވާއިރު އަންހެން ދަރިފުޅުގެ ނަމެއް ޖަހާފައެއް ނުވެ އެވެ.

ޕޯސްޓުން ދެމަފިރިންނާއި އެމީހުންގެ ޕެޓް ޑޯގް ޖޮއީ ވެސް ފެނިގެން ދިޔަ އެވެ. ދަރިފުޅު ވިހޭ ދުވަހެއްގެ ގޮތުގައި ވަރުން ޖަހާފައިވަނީ މި އަަހަރުގެ ޖޫން 3 ގައެވެ.

ވަރުންގެ ޕޯސްޓަށް މަރުހަބާ ކިޔާފައިވާ ބޮލީވުޑްގެ ތަރިންގެ ތެރޭގައި ޕްރިޔަންކާ ޗޮޕްރާ، ޕަރިނީތި ޗޮޕްރާ، ސަމާންތާ ރުތް ޕްރާބު، އާލިއާ ބަޓް، ކަރަން ޖޯހަރް، އަރްޖުން ކަޕޫރް ފަދަ އެތައް ތަރިންނެއް ވަނީ ދެމަފިރިންނަށް ހެޔޮ އެދުމުގެ ބަސްތައް ރައްދުކޮށްފަ އެވެ.

ފިލްމީ ދާއިރާގެ އެއްވެސް މަސައްކަތެއްގައި ބައިވެރިވެފައި ނުވާ ނަތާޝާއާއި ވަރުން ކައިވެނި ކުރީ 2021 ވަނަ އަހަރު އެވެ. މި ދެ މީހުންނަކީ ވަރަށް ކުޑައިރުއްސުރެ ވެސް ދެ ލޯބިވެރިންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345