މާލޭ ސިޓީ ކައުންސިލް

ސިނަމާލެ 3 ގެ ފެން މޯޓަރުގެ ކޭބަލް ބުރިކޮށްގެން ވަގަށް ގެންގޮސްފި

ސިނަމާލެ 3 ގެ ފެން މޯޓަރުގެ ކޭބަލް ބުރިކޮށްގެން ވަގަށް ގެންގޮސްފި އެވެ.

މާލޭ ސިޓީ ކައުންސިލުން ރޭ ބުނީ މިކަމުގެ ސަބަބުން އެތަނުގައި ދިރިއުޅޭ މީހުންނަށް ގިނަ ދަތިތަކާއި ދިމާވި ކަމަށާއި މިހާރު އެ މައްސަލަ ހައްލުކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ފުޑްކޯޓު ކައިރި ރިންގް ރޯޑްގެ ބައްތިތަކުގެ ކޭބަލްތައްވެސް ބަޔަކު ވަގަށް ގެންގޮސްފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ރޭ ވަނީ ބުނެފަ އެވެ.

ފުޑްކޯޓް ސަރަހައްދުގެ ބައްތިތަކަށް އަލުން ކޭބަލް އެޅުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން މިހާރު ދަނީ ކުރަމުންނެވެ.

މާލެހިޔާ އާއި ސިނަމާލެ ފްލެޓްތަކުން ވައްކަންކުރުމާއި އެ ތަންތަނުގައި މަސްތުވާތަކެތި ބޭނުންކުރުމަކީ އެ ފްލެޓްތަކުގައި އުޅޭ މީހުންގެ ކަންބޮޑުވުމެކެވެ.