އޭސީސީ

ކުރީގެ ފްލެޓް ކޮމިޓީގެ ބޭފުޅުން ދިރިއުޅުއްވާ ގެ ބަލައި ފާސްކުރަނީ

ކުރީގެ ފްލެޓް ކޮމިޓީގެ ބޭފުޅުން ކޮމިޓީގެ ބައްދަލުވުމެއްގައި
0%
0%
0%

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ފްލެޓް ދޫކުރުމަށް އެކުލަވާލި ކޮމިޓީގައި ތިއްބެވި ބޭފުޅުން ދިރިއުޅުއްވާ ގެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ޓީމަކުން ފާސްކުރަން ފަށައިފި އެވެ.

އޭސީސީ އިން ބުނީ ފުލުހުންނާ ގުޅިގެން މި އޮޕަރޭޝަން މިއަދު ކުރިއަށް ގެންދަނީ ހޯދަންޖެހޭ ކޯޓު އަމުރުވެސް ހޯދައިގެން ކޮމިޝަނުން ކުރިއަށް ގެންދާ ޖިނާއީ ތަހުގީގަކަށް ކަމަށެވެ.

އެމްޑީޕީގެ ނިމިދިޔަ ސަރުކާރުން އެކުލަވާލި ފްލެޓް ކޮމިޓީގައި ފަސް ބޭފުޅުން ތިއްބެވިއިރު އެ ކޮމިޓީގެ ޗެއާމަނަކީ ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރެވެ.

އޭސީސީ އިން މިއަދު ވަރަށް ހެނދުނުން ފެށިގެން ފާސްކުރަނީ އަކްރަމާއި ހައުސިން މިނިސްޓްރީގެ ކުރީގެ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފާއި ކޮމިޓީގައި ހިމެނުނު އިތުރު ދެ ބޭފުޅުން ކަމަށްވާ ލިރުއަމް ވަހީދު އަދި އަހުމަދު ވިސާން ނަސީމް ދިރިއުޅުއްވާ ގެ އެވެ.

ނިމިދިޔަ ސަރުކާރުގައި ހުޅުމާލޭގައި އިމާރާތް ކުރަން ފެށި 4،000 ފްލެޓް ލިބޭ މީހުން ކަމަށް ބުނެ އެ ވެރިކަން ނިމެން ދެ ދުވަހަށް ވެފައި ވަނިކޮށް ލިސްޓެއް ނެރުނެވެ. އަދި އެ ލިސްޓަށް ފްލެޓް ހަވާލުކުރަން ތައްޔާރުވެފައި ވަނިކޮށް އޭސީސީ އިން ވަނީ ފްލެޓް ހަވާލުކުރުން ހުއްޓުވާފަ އެވެ.

އެމްޑީޕީގެ ވެރިކަން ނިމުނު ފަހުން އޭސީސީ އިން ފްލެޓް ލިސްޓުގެ މައްސަލަ ބެލުމަށްފަހު ބުނެފައިވަނީ ފްލެޓް ލިބޭ މީހުން ކަމަށް ބުނެ އެކުލަވާލާފައިވާ ލިސްޓުގައި ހިމެނޭ 60 ޕަސެންޓް މީހުންނަކީ ޝަރުތު ބައެއް ނޫން ކަމަށެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910