ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް ހޮވުމުގެ ބާރު ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކަށް ދޭން މިއަދު ފާސްކޮށްފި އެވެ.
އީގަލްސްގެ ވައިސް ޗެއާމަން އަދި މަހިބަފޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) ހުށަހަޅުއްވައި ފާސްކޮށްފައިވަނީ ފުރަތަމަ ޑިވިޝަނުގެ އަށް ކުލަބަށް ވެސް ދެ ވޯޓު ލެވޭ ގޮތަށެވެ. މިހެން ހެދުމުން ކޮންގްރެސްގައި ވޯޓުލާ 21 ކުލަބުގެ ތެރެއިން ފުރިހަމަ ބާރު އޮންނާނީ ފުރަތަމަ ޑިވިޝަނަށެވެ.
އެންމެ ފަހުން ފާސްކުރި އަސާސީ ގަވާއިދުގައިވާ ގޮތުން ރާއްޖޭގެ 44 ކުލަބަށް ވޯޓުލެވޭނެ އެވެ. ނަމަވެސް މިއަދު ބޭއްވި ކޮންގްރެސްގައި މިކަން ބަދަލު ކުރުމުން ނޯމަލައިޒޭޝަން ކޮމިޓީގެ ވައިސް ޗެއާމަން މުހައްމަދު ޝަވީދު ވަނީ އެއީ ގޯސް އަދި ފުޓްބޯޅަ އަށް ލިބުނު ދެރައެއް ކަމަށް ސިފަކުރައްވާފަ އެވެ. ދެ ވަނަ ޑިވިޝަނުން ވޯޓުލާނީ 10 ކުލަބެވެ. ތިން ވަނަ ޑިވިޝަނުން ތިން ކުލަބެވެ. މިއިން ކޮންމެ ކުލަބަކަށް ދެވޭނީ އެންމެ ވޯޓެކެވެ.
އެންމެ ފަހުން ފާސްކުރި އަސާސީ ގަވާއިދުގައިވާ ގޮތުން ރާއްޖޭގެ 44 ކުލަބަށް ވޯޓުލެވޭނެ އެވެ. ނަމަވެސް މިއަދު ބޭއްވި ކޮންގްރެސްގައި މިކަން ބަދަލު ކުރުމުން ނޯމަލައިޒޭޝަން ކޮމިޓީގެ ވައިސް ޗެއާމަން މުހައްމަދު ޝަވީދު ވަނީ އެއީ ގޯސް އަދި ފުޓްބޯޅަ އަށް ލިބުނު ދެރައެއް ކަމަށް ސިފަކުރައްވާފަ އެވެ.
މިއަދުގެ ކޮންގްރެސްގައި ވަނީ އެފްއޭއެމުގެ މިހާރު ހިންގަމުން އަންނަ ނޯމަލައިޒޭޝަން ކޮމިޓީން ކުރިން ހުށަހަޅައިގެން ފާސްކުރި ހުރިހާ ކަމެއް ވެސް ބަދަލުކޮށްފަ އެވެ. މި ގޮތުން އިންތިހާބަށް ޓީމެއްގެ ގޮތުގައި ކުރިމަތިލާން ޖެހޭގޮތަށް އޮތް އޮތުން ވަނީ ވަކިވަކިން ކުރިމަތިލާން ޖެހޭ ގޮތަށް ބަދަލުކޮށްފަ އެވެ. އެއީ ކުރިން ވެސް އޮތް ގޮތަށް ފަސް މެމްބަރުންގެ ތައީދާއެކުގަ އެވެ.
އެފްއޭއެމުގެ ރައީސްގެ މަގާމު ހުސްވެއްޖެނަމަ ނާއިބް ރައީސް އެ މަގާމު ފުރާ ގޮތަށް ވެސް ހަމަޖެއްސި އެވެ. ރައީސާއި ނާއިބް ރައީސްގެ މަގާމު އެއްފަހަރާ ހުސްވެއްޖެނަމަ ދައުރު ނިމެންދެން އެފްއޭއެމް ހިންގާ މީހަކު ހޮވާނީ އެވަގުތު ހިންގާ ކޮމިޓީގެ މެމްބަރުންގެ ވޯޓަކުން ކަމަށް ވެސް ނިންމާފައިވެ އެވެ.
މީގެ އިތުރުން އެ އިދާރާ އުވާލައިފިނަމަ އާއިދާރާ އެއް އުފައްދަންދެން އެފްއޭއެމުގެ މުދަލާއި ފައިސާ އެހެން ބަޔަކާ ހަވާލުކުރަން ވެސް ނިންމާފައިވެ އެވެ.