ބޮލީވުޑް

"އިޝްގް ވިޝްކް ރީބައުންޑް"ގެ ޓްރެއިލާ ނިކުމެއްޖެ

ބޮލީވުޑްގެ އުއްމީދީ ތަރި ރޯހިތް ޝަރަފްގެ ދެން އެންމެ އަވަހަށް ނިކުންނަށް ހަމަޖެހިފައިވާ ފިލްމު "އިޝްގް ވިޝްކް ރީބައުންޑް"ގެ ޓްރެއިލާ ނިކުމެއްޖެ އެވެ.

ނިޕޫން އަވިނާޝް ދަރުމަދިކާރީ ޑައިރެކްޓް ކޮށްފައިވާ މި ފިލްމުގައި ރޯހިތުގެ އިތުރުން ޕަޝިމިނާ ރޯޝަން، ޖިބްރާން ހާން އަދި ނައިލާ ގްރޭވަލްވެސް ފެނިގެން ދާނެ އެވެ.

މި ފިލްމަކީ 2003 ވަނަ އަހަރު ރިލީޒުކޮށްފައިވާ ފިލްމު "އިޝްގް ވިޝްކް"ގެ ފްރޭންޗައިސްގެ ދެވަނަ ބައެވެ. އެއީ ޝާހިދް ކަޕޫރުގެ ފުރަތަމަ ފިލްމެވެ.

ރޯހިތު ވަނީ ޝާހިދުގެ ރޯލު ކުޅެން ލިބުމުން އޭނާގެ ޝުއޫރުތައް ބަންޑުންކޮށްލާފަ އެވެ.

"ޕްރެޝަރަށް ވުރެ ބޮޑަށް ޝުކުރުވެރިވަނީ. މިއީ ގިނަ ބަޔަކަށް ނުލިބޭ ފުރުސަތަކަށްވާއިރު އަމިއްލަ ނަފްސަށް އެކަހަލަ ޕްރެޝަރެއް ދީގެން އެކަން ފަނޑުކޮށްލާކަށް ބޭނުމެއް ނޫން،" އޭނާ ބުނެފައިވެ އެވެ.

މި ފިލްމުގެ ޓްރެއިލަށް ބޮލީވުޑްގެ ބައެއް ތަރިންގެ ތައުރީފް ވެސް ލިބިފައިވެ އެވެ. އެގޮތުން ރިތިކް ރޯޝަންވެސް ވަނީ އޭނާގެ އިންސްޓަގްރާމުގައި ފިލްމުގެ ޕްލޮޓަށް ތައުރީފްގެ ބަސްތަކެއް ރައްދުކޮށްފަ އެވެ.

މި ފިލްމު މި މަހުގެ 21 ވަނަ ދުވަހު ރިލީޒްކުރުމަށް ވަނީ ހަމަޖެހިފަ އެވެ.