ފްރާންސް

ފްރާންސުން ޔޫކްރެއިންއަށް 200 މިލިއަން ޔޫރޯގެ އެހީ

ޔުކްރެއިންގެ މުހިއްމު ބައެއް އިންފްރާސްޓްރަކްޗާ މަރާމާތު ކުރުމަށް ފްރާންސުން 200 މިލިއަން ޔޫރޯ ދީފި ކަމަށް އެ ގައުމުން ރިޕޯޓުކޮށްފި އެވެ.

ފުރާންސް ސަރުކާރުން ޔޫކްރެއިންއަށް 200 މިލިއަން ޑޮލަރުގެ އެހީ ދީފައިވާކަން ހާމަކޮށްފައިވަނީ ޔޫކްރެއިންގެ އިކޮނިމިކް މިނިސްޓްރީން ނެރުނު ބަޔާނަކާ ހަވާލާދީ އެވެ. ޔޫކްރެއިން އާއި ފްރާންސާ ދެމެދުގައި ހިލޭގެ އެހީގެ އެއބަސްވުމެއްގައި ސޮއިކޮށްފައިވާކަން ޔޫކްރެއިން އިން ވަނީ ކުރިން މީޑިއާ ގައި ހާމަކޮށްފަ އެވެެ.

ޔޫކްރެން ސަރުކާރު އޮފިޝަލަކާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުންނަމަ ޔޫކްރެއިނުން މީގެ ތެރެއިން ބޮޑުބައެއް ހޭދަކުރާނީ އެނާޖީ ސެކްޓާ ވަރުގަދަ ކުރުމަށެވެ.

ރަޝިއާ އާއި ޔޫކްރޭނާ ދެމެދު ކުރެވެމުންދާ ހަނގުރާމައިގައި ޔޫކްރެއިންގެ ހަކަތަ ފޯރުކޮށްދޭ ގިނަ އަދަދެއްގެ ތަންތަނަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށްވެ އެވެ. އެގޮތުން ބައެއް ސްޓޭޝަންތައް އެއްކޮށް ހުއްޓުމަކަށް އައިސްފައިވާ ކަމަށްވެސްވެ އެވެ.

ރަޝިއާގެ ވަރުގަދަ މިސައިލް ހަމަލާތަކާ ގުޅިގެން ޔޫކްރެއިންގެ ބައެއް ހިސާބުތަކަށް މުޅިން ކަރަންޓު ކެނޑިފައިވާ ކަމަށް ބައެއް ރިޕޯޓުތައް ބުނެ އެވެ.

ހަނގުރާމައިގެ ސަބަބުން ޔޫކްރެއިނުގެ އިގްތިސާދު ވަނީ ހުއްޓުމަކަށް ގޮސްފަ އެވެ. އެގައުމަށް ގްރެއިން ބޭރުކޮށްގެން ލިބޭ އާމްދަނީވެސް ވަރަށް ބޮޑަށް ދަށަށް ގޮސްފައިވެ އެވެ. އަދި މުޅި ދުނިޔޭގައިވެސް ގްރެއިންގެ އަގު ވަނީ އުފުލިފަ އެވެ.

ގާތްގަނޑަކަށް މުޅި ދުނިޔޭގެ 30 އިންސައްތަ ގްރއެިން އަކީ ޔޫކްރެއިން ދަނޑުވެރިން އުފައްދާ ގްރެއިނެވެ.

ރަޝިއާއިން މިހާރުވެސް ވަނީ ޔޫކްރެއިން ބިމުގެ 20 އިންސައްތަ ކޮންޓްރޯލް ނަގާފަ އެވެ.

އެމެރިކާ އާއި ހުޅަނގުގެ އެހެން ގައުމުތަކުން މެދުކެނޑުމެއް ނެތި ޔޫކްރެއިނަށް އެހީތައް ވަމުން ގެންދިޔަ ނަމަވެސް ޔޫކްރެއިނަކަށް އެދެވޭ ނަތީޖާއެއް ނެރެވިފައެއް ނުވެ އެވެ.

ޔޫކްރެއިނުގެ ބައެއް ހިސާބުތަކުގައި ވަނީ ކާބޯތަކެއްޗަށް ޖެހި ހައިހޫނުކަން ތަހައްމަލް ކުރަންވެސް ޖެހިފަ އެވެ.

އިންސާނީ އެހީދޭ ޖަމިއްޔާތަކުން އަންނަނީ ޔޫކްރެއިންގައި އިންސާނީ ކާރިސާއެއް ކުރިމަތި ވެދާނެ ކަމަށް ބުނެ ކަންބޮޑުވުންވެސް ފާޅުކުރަމުންނެވެ.

މިހަނގުރާމައާއި ގުޅިގެން މުޅި ދުނިޔޭގެ އިގްތިސާދަށް ވެސް ވަނީ ހީނަރުކަން ކުރިމަތި ވެފަ އެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން އިންފްލޭޝަން ރޭޓު މައްޗަށް ޖެހި ތަކެތީގެ އަދު އަތްނުފޯރާ ފަށަށް ބޮޑުވެ ހަރަދުތައް ވަނީ ބޮޑުތަނުން އުފުލިފަ އެވެ.