މަސްވެރިކަން

ފައިސާ ނުދޭތީ އާއި ލޭނު ހުއްދައާ ދެކޮޅަށް މަސްވެރިން މުޒާހަރާ ކުރަނީ

މިފްކޯއަށް ކިރި މަހަށް ފައިސާ ނުދޭތީ އާއި ލޭނު އެޅުމުގެ ހުއްދަ ދިނުމާ ދެކޮޅަށް މަސްވެރިން މުޒާހަރާކުރަން ފަށައިފި އެވެ.

މިފްކޯއަށް ކިރި މަހަށް ފައިސާ ނުދޭތީ ގދ. މަޑަވެލި މަސްވެރިން އަންނަނީ އެ ރަށުގެ ކައުންސިލް އިދާރާ ކުރިމަތީގައި މުޒާހަރާ ކުރަމުންނެވެ.

މަޑަވެލީގައި މުޒާހަރާކުރާ މަސްވެރިއަކު ބުނީ ހަ ރޯދައަށްފަހު ފައިސާ ޖަމާނުވާ ކަމަށެވެ.

މަސްވެރިން ދަނީ އީދުގެ ކުރިން އެ ފައިސާ ޖަމާކޮށްދިނުމަށް ސަރުކާރަށް ގޮވާލަމުންނެވެ.

މީގެ އިތުރުން ރާއްޖޭގައި ލޭނު އަޅައިގެން ބޮޑު ކަންނެލީގެ މަސްވެރިކަން ކުރުމުގެ ހުއްދަ ބޭރުގެ ފަރާތްތަކަށް ދިނުމާއި ދެކޮޅަށް ކަންނެލި މަސްވެރިން ދަނީ ހުޅުމާލެ ކަންނެލި ޖެޓީގައި މުޒާހަރާ ކުރަމުންނެވެ.

އެ މުޒާހަރާކުރާ މަސްވެރިން ވަނީ ލޭނު އަޅައިގެން ބޮޑު ކަންނެލީގެ މަސްވެރިކަން ކުރުމުގެ ހުއްދަ ދިނުމަކީ ދިވެހި މަސްވެރިން ނިކަމެތިވާނެ ކަމެއްކަން ފާހަގަކޮށްފަ އެވެ.

ހުޅުމާލޭގައި މުޒާހަރާކުރާ މަސްވެރިން ދަނީ ސަރުކާރުން މަސްވެރިންނަށްވެފައިވާ ވައުދުތައް ފުއްދުމަށް ގޮވާލަމުންނެވެ.