މަސްވެރިކަން

ހުޅުމާލެއިން މަސްވެރިންނަށް ވިއްކާ ޑީސަލްގެ އަގު ހެޔޮކޮށްފި

ހުޅުމާލެއިން މަސްވެރިންނަށް ވިއްކާ ޑީސަލްގެ އަގު ޝެޑްތަކުން ވިއްކާ އަގަށް ހެޔޮކޮށްފި އެވެ.

މަސްވެރިންނަށް ވިއްކާ ޑީސަލްގެ އަގު ޝެޑްތަކުން ވިއްކާ އަގަށް ހެޔޮކޮށްފައި މިވަނީ މަސްވެރިންގެ ކަންބޮޑުވުންތަކެއް ހުރުމުން އިއްޔެ މުޒާހަރާކޮށްފައި ވަނިކޮށެވެ.

މުޒާހަރާކުރި މަސްވެރިން ވަނީ ސަރުކާރުގެ ވައުދާ އެއްގޮތަށް މަސްވެރިންނަށް ތެޔޮ ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް ގޮވާލާފަ އެވެ.

ފިޝަރީޒް މިނިސްޓްރީން ރޭ ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސް ނެންގެވުމުގެ މަތިން މެނިފެސްޓޯގައިވާ ވައުދު ފުއްދުމަށްޓަކައި ހުޅުމާލެއިން މަސްވެރިންނަށް ވިއްކާ ޑީސަލްގެ އަގު ޝެޑްތަކުން ވިއްކާ އަގަށް ހެޔޮކޮށްފައިވާ ކަމަށެވެ.

އެސްޓީއޯ އިން މިދިޔަ މަހު ވަނީ ޑީސަލް ވިއްކާ އަގު ހެޔޮކޮށްފަ އެވެ.

މި ބަދަލާއެކު ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) ގެ ސްޓޭޝަންތަކުން ޑީސަލް ލީޓަރެއް މިހާރު ވިއްކާނީ 13.92ރ. އަށެވެ.