ހައްޖުގެ އަޅުކަން

ހައްޖަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ

ރާއްޖެއިން މިއަހަރު ހައްޖަށް ގޮސް ހުރި މީހަކު ނިޔާވެއްޖެ އެވެ.

ރޭގެ ވަގުތެއްގައި ނިޔާވެފައިވަނީ ރ. ހުޅުދުއްފާރު، ފާތިމަތު ހަފީޒާ (80 އ) އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ފާތިމަތު ހަފީޒާގެ ކަށުނަމާދު އޮންނާނީ މިއަދު މެންދުރު ނަމާދަށްފަހު މަސްޖިދުއްހަރަމްގައި ކަމަށެވެ.

ހަފީޒާ ހައްޖަށް ގޮސް ހުރީ އެއްބަނޑު މީހަކާއި އަދި އޭނާގެ ކުއްޖަކާ އެކު ކަމަށްވެ އެވެ.

ހައްޖު ކޯޕަރޭޝަނުން ކުރިން ދިން މައުލޫމާތަށް ބަލާއިރު މިއަހަރު ހައްޖަށް ދިޔަ މީހަކަށް ހާޓްއެޓޭކެއް ޖެހިގެން އެ މީހާއަށްވެސް ދަނީ ފަރުވާ ދެމުންނެވެ.

ރާއްޖެއިން މިއަހަރު ހައްޖަށް ދިޔަ 1،150 މީހުން ހައްޖަށް ދިޔައީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައެވެ.