މާލޭގެ ދުވާރުމަތީގައި އުޅަނދުތައް ޕާކްކުރުން ހުއްޓުވަން ބޮލާޑް ނުވަތަ ދަގަނޑު ޖަހަން ފަށައިފި އެވެ.
މާލޭގެ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވީ މާލޭގެ އެކި ސަރަހައްދުތަކުގެ ދުވާރުމަތީގައި ޕާކް ކުރުން ހުއްޓުވުމަށް ބޮލާޑް ނުވަތަ ދަގަނޑު ޖެހުމުގެ މަސައްކަތް ކުރަން ފެށީ ގަވައިދާ ހިލާފަށް ޕާކް ކުރާ މައްސަަލައަށް ހައްލެއް ހޯދުމަށާއި މަގުތައް ތަރުތީބު ކުރަން ކަމަށެވެ.
ބޮލާޑް ޖެހުމުގެ މަސައްކަތް ފެށުމުގެ ގޮތުން ލިލީމަގުގައި ސަލްޓަން ޕާކް ކުރިމަތީގައި އޮންނަ ދުވާރުމަތީގައި މިހާރު ވަނީ ބޮލާޑް ޖަހަން ފަށާފަ އެވެ.
މާލޭގެ އެކި ސަރަަހައްދުތަކުގައި ގަވައިދާ ހިލާފަށް އުޅަނދުތައް ޕާކްކޮށްފައި ބެހެއްޓުމުގެ ސަބަބުން ހިނގަން އަދި ބައެއް ފަހަރު ދުއްވަންވެސް ބައެއް މީހުންނަށް ދަތިވެގެން އުޅޭ ތަން ފެނެ އެވެ.